އިޤްތިޞާދު ހީނަރުކަމެއްގައި އޮއްވާ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މުސާރަ ބޮޑުކުރުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އަލަށް އަމަލުކުރަން ފެށި އުސޫލާއެކު ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.

މިކަމަށް ފާޑުވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވަރަށް ޒިންމާދާރުންކަން ކުޑަ އަމަލެއްކަމަށެވެ. އަދި އެތައް ހާސް މުވައްޒަފުން އެކި ދާއިރާތަކުގައި މުސާރައިގެ 50 އިންސައްތައާ ހަަމައަށް ފައިސާ ނުލިބޭއިރު، ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން މިއީ ކޮންވަގުތެއްތޯ ސައީދު ސުވާލުކުރައްވާފައިވެއެވެ.

"ރައީސް ސާލިހުގެ ޒިންމާދާރުކަން ވަރަށް ކުޑަ. އެތައް ހާސް މުވައްޒަފުން އެކި ދާއިރާތަކުގައި މުސާރައިގެ 50 އިންސައްތައާ ހަަމައަށް ނުލިބި ތިއްބާ ވެރިންގެ މުސާރަ ބޮޑުކުރަން މިއީ ކޮންވަގުތެއް؟ މުސާރަ ކަނޑާފައިވާ ކުންފުނި/ރިސޯޓްތަކަށް ސަރުކާރުން ޓެކްސް ލުއި؟ ވެރިންގެ މުސާރަ؟" ސައީދު ވިދާޅުވެފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަ ފިނޭންސް މިނިސްޓްރީން ބޮޑުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒްކޮށް މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް މުރަޖައާ ކުރުމަށް ފަހުގައެވެ.

ފިނޭންސް މިނިސްޓްރީން ގެނައި މި ބަދަލާއެކު އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މިހާރުގެ މުސާރައަށް އެވްރެޖުކޮށް 10،000ރ. އާއި 15،000ރ. އިތުރުވާނެއެވެ.

އެގޮތުން މިހާރު އޭ ކެޓަރީގެ ކުންފުނިތަކުގެ އެމްޑީގެ މުސާރައަކީ 52260ރ. އެވެ. އަދި ޑީއެމްޑީގެ މުސާރައަކީ 41808ރ. އެވެ. ބީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީގެ މުސާރައަކީ 42880ރ. އެވެ. ޑީއެމްޑީގެ މުސާރައަކީ 34304ރ. އެވެ. ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީގެ މުސާރައަކީ 34304ރ. އެވެ. މިކެޓަގަރީގެ ކުންފުނިތަކުގެ ޑީއެމްޑީންގެ މުސާރައަކީ 27443ރ. އެވެ.

މީގެއިތުރުން ޑީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީއަކަށް 33000ރ. ލިބޭއިރު ޑީއެމްޑީ އަކަށް 26000ރ. ލިބޭނެއެވެ. އީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީއަށް 27443ރ. ލިބޭއިރު މިކެޓަހަރީގެ ކުންފުނިތަކުގެ ޑީއެމްޑީންނަށް 21955ރ. ލިބޭނެ ކަމަށް ފިނޭންސުން ބުނެއެވެ.

ފިނޭންސުން އަލަށް އެކުލަވާލި އުސޫލުގެ ދަށުން ކުންފުނިތަކުގެ ބޯޑު މެންބަރުގެ އިނާޔަތްތައް ދެން ދޭނީ އެއް އުސޫލެއްގެ ދަށުންކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް އޮތުމަކީ މުހިއްމު ކަމެއްކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން "އޭ" "ބީ" "ސީ" އަދި "ޑީ" ކެޓަގަރީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް އެންމެ ބޮޑުކޮށް އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރުވެސް ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި ކުންފުނި ގިންތިކުރުމުގައި ކުންފުނީގެ "ޓޯޓަލް އެސެޓާއި" "ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި ވެރިންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ މެނޭޖިން ޑިރެކްޓަރުން ކުރާ މަސައްކަތާއި އުފުލާ ޒިންމާއާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީއަށް ބިނާކޮށް މުސާރައާއި އިނާޔަތް ދިނުމަށް މަގު ފަހިވާނެކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަރީ

16-Jul-2021

ބިޑި ހެދޭ މިނިމަމް ވޭޖު ކަނޑައަޅާ ނިމުނީ


12

ޓޮޓީސް

16-Jul-2021

ޜާއްޖެއޮތީ އިންޑިޔާއަށް ބޮޑުއަގުގަ ވިއްކާފަ. ވީއިރު ސަރުކާރު ނޭވާހޮޅިޔަށް އެޅިފައިވާ މިދަނޑިވަޅު މަރުފަލި ޖަހާނެ ކުދިންކޮޅެއް ބޭނުންވާނެ.



ޓްރެންޑިން