ޒަހީނުއްދީން ސަޢީދު   10 ޖުލައި 2021 - 18:47
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ މިއަދު މެންދުރުފަހު 2:00 ގައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ސުވާލު ކުރުމަށް ކަމަށް މައުލޫމާތު ލިބެއެެވެ.

 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ބޮޑުޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ އިތުރު ދައުވާތަކެއް ދައުލަތުން މިހާރު ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ރަހުމަ

16-Jul-2021

ތި ޔާަމީނު ޖަލުގަ އުމުރުދުވަހު ބަހަށްޓަންޖެހެމީހެއް


3

ސަނީ

16-Jul-2021

ވަރިހަމަ ގައުމު އެއްކޮށް ބަނޑުއަޅާލިއަސް ދެމަސްވަންދެން ޖަލުގަ ބާކީބައި ގޭގަ! ވަރަށްސަޅިދޯ?



ޓްރެންޑިން