ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވީއައިއޭއިން ފުރަން ދިޔަ އުމުރުން 60 އަހަރުގެ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މިއަދު ހެނދުނު 9:52 ގައި އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާ ހިފަހައްޓައި، ސުވާލު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެހެން އިތުރު ތަފުސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށްފަހު، މާލެ ސަރަހައްދުގެ ސެކުއިރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނެއެވެ. އެއާޕޯޓުގެ ބޭރާ އެތެރޭގައި ސިފައިން އަންނަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން