އައްޑޫ ފްލައިންގ ސްކޫލް ހިންގަމުން އަންނަ ތަން މިމަހުގެ ނިޔަލަށް ހުސްކުރަންޖެހޭނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން މިކަން ހާމަކޮށްފައި މިވަނީ، އައްޑޫ ފްލައިންގ ސްކޫލްގެ ހުރިހާ މިލްކިއްޔާތެއް އެވިޑް ކޮލެޖަށް ވިއްކާލާފައިވާ ކަމަށް އެކޮލެޖުން ބުނެފައި ވަނިކޮށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބިނީ، އެވިޑް ކޮލެޖަށް ފްލައިންގ ސްކޫލްގެ މިލްކިއްޔާތު ބަދަލުކުރިނަމަވެސް، އައްޑޫ ފްލައިން ސްކޫލާއެކު މިހާރު ހެދިފައި އޮތް އެއްބަސްވުން އާ ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެހެންކަމުން ޖުލައިމަހުގެ ނިޔަލަށް އެތަން ހުސް ކުރަން ޖެހޭނެކަމަށް އައްޑޫ އިންޓަނޭޝަން އެއާޕޯޓުން ބުުނެއެވެ.

އައްޑޫގައި ހިންގަމުން އައި ފްލައިން ސްކޫލުގެ މިލްކިއްޔާތު ގަތުމަށްފަހު، އެވިޑް ކޮލެޖުން ވަނީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާޙްކޮށްފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ އެވިޑުން މަޝްވަރާ ކުރުމަށް އެދިފައިވާކަމަށާއި، ނަމަވެސް މި އެއްބަސްވުން އިތުރަށް ދަމަހައްޓަން އެކުންފުނިން ބޭނުން ނުވާކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެކަމަށްވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާޙް ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުގެ ހުރިހާ ތަކެއްޗެއް ހިމެނޭހެން މިލްކިއްޔާތު އެއްކޮށް ގަތުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދީ، ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.

އައްޑޫ ފްލައިންގ ސްކޫލަކީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން 2010 ވަނަ އަހަރު ހިންގަން ފެށި ތަނެކެވެ. ނަމަވެސް ފަހަކަށް އައިސް މިތަނުގެ މައްސަލަ ބޮޑުވެ، ސަރުކާރުންވެސް ވަނީ މިމަައްސަލައިގެ ތެރެއަށް ވަދެފައެވެ. އެވިޑް ކޮލެޖުން އެތަނުގެ މިލްކިއްޔާތު ގަތީ އެސްކޫލާ ދެކޮޚަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައި އެ ސްކޫލް އުވާލާ ހިސާބަށް ކަންކަން ގޮސްފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


-11

އަލީ

16-Jul-2021

ގަން އެއަރޕޯޓްސް ކޮމްޕެނީ ގަން އެއަރޕޯޓް ހިންގޭނެ އެއްވެސް މާލީތަނަވަސް ކަމެއް ނެތް އާރެއް ބާރެއް ނެތްބަޔަކަށް ވާއިރުވެސް އެހެން ބަޔަކަށް ވެސް މަންފާއެއް ކޮށްފާނެތީ ތިތަން ހުސްކުރުވަން އުޅެނީ. މާރަގަޅެއްނޫން އީކްއޭޓަރވިލެޖާއި ދޫގަސް ހުރި ބިންތައް ހުސްކުރުވައި ޒަމާނީ ފެންވަރުގެ ހޮޓާތަކެއް ތަރައްޤީ ކުރުވުން. އޭރުން ގިނަ ޓޫރިސްޓުންވެސް އަންނާނެ ނޫންތޯ!!!؟



ޓްރެންޑިން