މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސިފާވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު ސަނީފަށް، ސިފާގެ ފާޑުކިއުން އަމާޒުވީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށް އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިގޮތުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތްކަމަށް ސަނީފް ވަނީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.

ސަނީފްގެ މިވާހަކަތަކަށް ރައްދުދެއްވަމުން ސިފާ ވިދާޅުވީ މީހެއްގެ ފުރާނަ ދުއްވާލަން އުޅުމުން ސަނީފަށް އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަތް ކަމަށެވެ. އަދި މިހާރު ސަނީފު ނިކުމެވަޑައިގެން މާ ބޮޑުވެގެން އުޅުއްވާނީ ކަމަށް ސިފާ ވިދާޅުވިއެވެ.

"މީހެއްގެ ފުރާނަ ދުއްވާލަން އުޅުނީމަ އެއްޗެއް ބުނަން ނުކެރި އިން މީހަކު ނިކުމެ މާބޮޑުވެއްޖެ." ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަންގައި ހިމެނޭ ސަނީފަށް ރައްދުކުރަށްވައި ސިފާ ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވަމުންދާއިރު، އެމްޑީޕީއަށް ނިސްބަތްވާ ސަނީފް ވިދާޅުވީ 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ގެންނަން ކަމަށެވެ. ސަނީފް ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅެނީ ނިޒާމުގެ މައްސަލަ ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނުތައް އިސްލާހުކޮށް ހަރުދަނާ ކުރުން މާ ރަނގަޅުކަމަށްވެސް ސަނީފު ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ ނިޒާމުގެ ބަހުސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށްޓަަކައި ކުރަންޖެހޭ އެއަށްވުރެ މާގިނަ މަސައްކަތްތައް އެބަހުރިކަމަށެވެ.

ރައީސް ނަޝީދު ވަނީ ދާދިފަހުން ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއްކަމަށާއި، 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ނޯންނާނެކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ތުއްތޫ

16-Jul-2021

ސަނީފުއަކީ ކޮންމެހެން ޕާޓީއާއި ،ޕާޓިގެ ވެރިން ދެކެ މާބޮޑަށް ލޯބިވާ މީހެއްނޫނެވެ،ރުފިޔަކޮޅެއް ދޭފަރާތް ތަކަށް ލޯބިވާ މީހެކެވެ،ޢަލީ އިކުރަމުއާއި ކޯލިޝަން ހަދައި އޮކްސިޖަން ސިލިންޑަރުންވެސް ވައްކަންކުރެވިފައި ވެއެވެ، ބާޢީނާޒިމުއާއި،ކޯލިޝަން ހަދައިގެން ވެސް ލާރިގަޑެއް ލިބުނީމާ ކިހާލޯ ިތޯއެވެ،



ޓްރެންޑިން