މާލެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުވަތަ ގޯއްޗެއް ލިބިފައިވާ ފަރާތްތައް ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މާލެ ސިޓީގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލުން ހުޅުވާލުމަށް ނިންމާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.



މާލެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުވަތަ ގޯއްޗެއް ލިބިފައިވާ ފަރާތްތައް ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ދަފްތަރުގައި ޖެއްސުން މިދިޔަ މެއި މަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމީ މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ގެދޮރުގެ މައްސަލަ ހައްލު ކުރާނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން ކަނޑައެޅި އަދި ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެނެވެ. މިހާރުވެސް ދަފްތަރުގައި ޖެހިފައި 16 ނުވަތަ 17 ހާސް ރައްޔިތުން އެބަތިބި ކަމަށާއި އޭގެތެރެއިން ހައުސިން މަޝްރޫއުތަކުގެ ތެރެއިން ގެދޮރު ހަމަޖެހުނީ ކިތައް މީހުންކަން ދެނެގަނެ މަރުހަލާތަކަކަށް ބަހާލައިގެން ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް ކަނޑައަޅަން ބޭނުންވާ ކަމަށް މޭޔަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިރުރުން ދަފްތަރުގައި ޖެހޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއްތޯ ބަލަން ޖެހޭ ކަމަށާއި އެގޮތުން އެއީ އެ މަގުސަދު ހާސިލު ކުރުމުގައި އެންމެ ރަނގަޅު އުސޫލެއްތޯ ބަލައި، އަދި އެއީ ގާނޫނަކަށް ބަދަލު ގެނަސްގެން ކުރަންޖެހޭ ކަމަކަށްވާނަމަ އެ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް، އެކަންކަން ކުރެވެންދެން ދަފްތަރުގައި އިތުރަށް މީހުން ނުޖައްސަން ކައުންސިލުގެ އިއްތިފާގުން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން