ރަޙުމްކުޑަކޮށް މަރާލާފައި ވަނިކޮށް ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، އެކުއްޖާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫންމަހުގެ 22 ވަނަ ދުވަހުގެރޭގައެވެ. އަދި އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް މިމަހުގެ 5 ވަނަ ދުވަހު ފޮނުވުމަށްފަހު، އެކުއްޖާގެ ޕޯސްޓް މޯޓަމް މިހާރު ވަނީ ހަދާފައެވެ. ނަމަވެސް ރިޕޯޓް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުުހުން ބުނީ ޕޯސްޓްމޯޓަމް ހަދާ ނިމިފައި އޮތުމުން، އަންގާރަ ދުވަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެެެތެރޭގައި ހިމެނެނީ 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ)،އެވެ.

މިމައްސަލައިގެ ތަހުޤީޤްކުރިއަށްދާއިރު، މައްސަލަ ނިންމައި ވަރަށް އަވަހަށް ޝަރީޢަަތަށް ފޮނުވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން