އަންނަ އަހަރުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 10 ބިދޭސީންނަށް ވުރެ ގިނަ ބިދޭސީންނަށް ޚިދުމަތް ދެވޭނީ ރެޕްރެޒެންޓޭޓިވްކަމުގެ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބިދޭސީ ރެޕްރެޒެންޓޭޓިވްކަމުގެ ސަނަދު ހާސިލްކުރުމަށް ހަދަންޖެހޭ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ޤައުމީ ޔުނިވަރސިޓީން މިހާރު ހުޅުވާލާފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ މިކޯހަކީ ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކުން އެފަރާތްތަކުން ގެންގުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އައްޔަން ކުރާ ރެޕްރެޒެންޓޭޓިވްސް އުފެއްދުމަށް ބޭނުންވާ ސަނަދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޯހެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިކޯހުގެ މަޤްޞަދަކީ އެމްޕްލޮއިމަންޓް އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް ކިޔައިދީ، އެފަރާތްތަކަށް ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގައިދީ، މަސައްކަތު މާހައުލުހައި ބިދޭސީ މަސައްކަތްތެރިންނާއި މެދު ޢަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްޤުތަކަށް އަހުލުވެރިކުރުވުންކަމަށެވެ.

އަންނަ އަހަރުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 10 ބިދޭސީންނަށް ވުރެ ގިނަ ބިދޭސީންނަށް ޚިދުމަތް ދެވޭނީ ރެޕްރެޒެންޓޭޓިވްކަމުގެ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި އަދި އޮގަސްޓުމަހުއެވެ. މިއީ 6 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން