"ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ރަޖިސްޓްރީކުރަން ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް ގައިވެސް އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.



އެހެންކަމުން އޭނާއާ އެއް ޚިޔާލެއްގައި، އެއް މަޤްޞަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނެޝަނަލް ސޮލިޑަރިޓީ ޕާޓީ ގެ ނަމުގައި، އައު ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް، މިއަދު ހުށަހަޅާފައިވާކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު، އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމުން ޙިއްސާ ކުރަމުން ގެންދާނެކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.

ދާދިފަހުން އެމްއާރުއެމް އިން ވަކިވެވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީން، (އޭކޭ) އައު ސިޔާސީ ޕާޓީއެއް ހަދަން ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަށްވަމުންކަމަށް މީޑިއާތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ނުރަބޯ

16-Jul-2021

އޭކޭ އަކީ ގައުމަށާ ދީނަށް ލޯތްބެއް ހުރެގެން އުޅޭ މީހެއް ނަމަ އުޅެންވީ އަލުން ޕާޓީއެއް އުފެއްދޭތޯ އެއްނޫން. މިހާރު ގައުމަށް ލިބެމުންދާ ނިކަމެތި ކަމުން ގައުމު ސަލާމަތް ކުރަން އިޚްލާޞް ތެރި މަސައްކަތް ތަކެއް ކުރަމުންދާ ޕީޕީއެމް އާއި ގުޅިގެން ކުރިޔަށް ދިޔުން އޮތީ.


-4

علي وحيد

16-Jul-2021

އެކައްޗަކީކަމާލުލުގެ ކާލާ ޕާޓީ ދެން އޮތީ ނާޒިމުގެ ކޯޯޅޭކޯޅޭޕާޓީ ދޭތިވެސް ދާނީ ޗޮކުން



ޓްރެންޑިން