އައްޑުއަތޮޅު ގަމުގައި ތަރައްގީކުރާ އެއާޕޯޓް ނިމޭއިރު، މި ސަރަހަައްދުގައި ފާހަގަކޮށްލެވޭ ރީޖަނަލް ހަބަކަށް އެ އެއާޕޯޓް ވެގެންދާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ރޭ ބުނެފިއެވެ.

އައްޑޫގައި ހިންގާ މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއެެވެ. ދިވެހިރާއްޖޭގެ ހުންނަ އިންޑިޔާ ހައިކޮމިޝަނުން ބުނީ، ‏ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް އެ އެއާޕޯޓް ވެގެންދާނެ ކަމަށް ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގާ މިފަދަ މަޝްރޫޢުތަކާގުޅޭ މައުލޫމާތު މިފަހަކަށް އައިސް މީޑިއާއާއި ހިއްސާކުރަމުން ގެންދާ ރާއްޖޭގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވެއެވެ.

މި ޕްްރޮޖެކްޓަކީ އިންޑިޔާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ނުވަތަ ދަރަންޏެއްގެ ދަށުން ހިންގާ މަޝްރޫއެކެެވެ.



ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއި ކޮންޓްރޯލު ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރަތް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިހާރުގެ ޓާމިނަލް އިންޓަނޭޝަލަން ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރަން ވަނީ ނިއްމާފައެވެެ. މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދާ، އެއާޕޯޓުގައި ސޯލާ ޕެނަލްވެސް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށާއި އެ އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށް ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ އިގްތިސޯދަށް މުހިއްމު ކަމެއް ކަމަށެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފައިވާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މިފަހުން ރާއްޖޭގެ ވެރިކަމާ ހަވާލުވި ކޮންމެ ވެރިކަމެއްގައި ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ހިންގާފައިވާ އަދި މިހާތަނަށް ތަރަށްގީކޮށް ނުނިމޭ އެއާޕޯޓެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން