ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިއަދުވެސް ފުލުސް އޮފީހަށް ޙާޟިރު ކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ދިފާޢީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ތަހުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައިވާ ވ. އާރަށުގެ މައްސަލައިގެ ތަޙުޤީޤަށް މިމަހުގެ 10 ވަނަ ދުވަހުވެސް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ޙާޟިރުކޮށްފައެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ، މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހަށް ހާޟިރުކުރަން ހަމަޖެހިފައިވާކަމަށާއި، އެއީ ބަޔާން ނަގައި ސޮއިކޮށްފައިވާ މައްސަލައެއްގެ ތަޙުޤީޤަށް ކަމަށެވެ. އަދި ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް ގެއްލުންވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

" ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް ގެއްލުންވޭ އަދި ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ހުރަސްއެޅޭ." ޑރ. ޖަމީލް



ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް، ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ނުވަތަ 15.3 މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ބުނާ މައްސަލަ މީގެ ކުރިން ފުލުހުންވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް ޕީޖީއަށް ފޮނުވާފައިވާއިރު، މިހާރުވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އިތުރު މައްސަލަތަކެއްގެ ޝަރީޢަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން