މޭ 6ގެ ހަމަލާގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ދިން މީހާ ޕޮލިހަށް އެ މައުލޫމާތު ނުދިނީ ކީއްވެތޯ ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ ސުވާލު އުފައްދަވައިފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ނުކުރި މައްސަލަ ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމާއި ގުޅިގެން ފުލުހުން ބަލަމުންދަނީ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މައްސަލައެވެ.

މެމްބަރު ޑީޑީ ވިދާޅުވީ، އިލްޔާސް ލަބީބަށް މައުލޫމާތު ދިން މީހާ އެމައުލޫމާތު ޕޮލިހަށް ނުދިނީ ކީއްވެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެމީހެއްގެ މައްޗަށްވެސް ގާނޫނު ހިނގަންޖެހޭނެކަމަށް ޑީޑީ ވިދާޅުވިއެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައިވާ ގޮތުން މޭ 6 ވަނަ ދުވަހުގެ ހަމަލާގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ޑިފެންސް މިނިސްޓަރާއި ހިއްސާކުރައްވާފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް އެ މައުލޫމާތު އިތުރު ބަޔަކާއި ހިއްސާކުރަށްވާފައެއް ނުވެއެވެ.

މާރިއާ ވިދާޅުވީ އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަކީ އެކަމަނާގެ ޒިންމާއެއް ނޫންކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްޔާސަށް ދެންނެވިކަމަށް މާރިއާ ވިދާޅުވިއެވެ. ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރުމަށް މާރިއާ ވިދާޅުނުވާކަމަށް އިލްޔާސް ވިދާޅުވެއެވެ. މަޖިލީހުގެ ޓޫ ފޯ ވަން ކޮމިޓީން އެކުލަވާލި އިންކްއަރީގައިވެސް އިލިޔާސް ލަބީބަށް ހަމަލާގެ މައުލޫމާތު ލިބުނު ގޮތުގެ ތަފުސީލެއް އަދި އެމައުލޫމާތު ދިނީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

އަބްދޫ

16-Jul-2021

ނަސީދު އަށް ހަމަލާ އެއް ދިންކަމަކަށް ގަބޫލު ނުކުރަން . ބޮމެއްތަ? އެކަންރާވާފަ އޮންނާނީ ނަސީދު .އެކަމުގަ ހަރަކާތްތެރި ވެފަ އިންނާނީ އެމްޑިޕީގެ ނަސީދުގެ ސަޕޯޓަރުން އެބުނާހާތަކެތި ހެރިފަ ހުރި އިރު ބިންމައްޗަށް ލޭތިއްކެއްވެސް ޖަހާފަނެތް އިރު ބޮމެއްކަމަކަށް ގަބޫލު ނުކުރަން ދުން އެރި އެއްވެސް އެއްޗަކަށް ބިއްލޫރި ގަނޑެއްހާ މިންވަރުވެސް ނުތެޅޭ . އަޅުގަނޑު ކިޔާނީ ނަސީދު ރާވާ ހިންގި ދުން އެރުކުމެކޭ. މީހާ އަށް ސަޕޯޓް ކުރުން އިތުރުވޭތޯ ކުރިކަމެއްކަމަށް އަހަރެންބުނާނީ މީހުންގެ ހަމަދަރުދީ ލިބޭތޯ ބަލަނީ އޭޑީކޭ ގެ ޑޮކްޓަރުން މޮޅުކަމުން ލަލަކުނުނުލާ އޮޕަރޭސަނެއް ނުކީވެސް އެހެންވެދާނެ.



ޓްރެންޑިން