ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މީހާގެ ބަންދަށް އިތުރު 3 ދުވަސް ޖަހައިފިއެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ ޓުވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" އެއް ބޭނުންވާ ކަމަށް ބުުނެފައެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އޭނާގެ ޓުވީޓްގައިވެއެވެ. ފުލުހުން ވަނީ އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިމަހު 3 ވަނަ ދުވަހު 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި މީހާއަށް ކޯޓުން ޖަހާފައިވާ 7 ދުވަހުގެ މުއްދަތު ހަމަވާތީ، މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 3 ދުވަސް ޖަހާދީފައިވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީސް ގޮއްވާލާނެ ކަމަށް އިންޒާރުދިން މީހަކުވެސް ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް ފަހުން އެމީހާ ވަނީ ދޫކޮށްލާފައެވެ. އޭގެ ފަހުން މުލީއާގެ ކައިރިއަށްގޮސް ބޮމެއް އޮތްކަމަށް ބުނި މީހެއްވެސް ހައްޔަރުކޮށް ވަނީ މުއްދަތު ޖަހާފައެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މުހަންމަދު އިނާދެވެ. އެމްޑީޕީން ބުނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި މުޙައްމަދު އިނާދު ޕާޓީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން އެތަނުގެ ސަލާމަތީ ފިޔަވަޅުތަށް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން