ސަރުކާރު ހިންގާ އެމްޑީޕީން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު "ސައިޒުކުރަން" ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނާއިބު ރައީސްކަން ކުރައްވާފައިވާ އަލްހާން ފަހްމީ ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ފާޅުގައި ސަރުކާރާއި ދިމާކުރަމުން ކަމަށެވެ. އަދި އެމްޑީޕީން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސައިޒުކުރަންކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ދެން ފެނިގެންދާނީ ދައުލަތުގެ ބާރުވެރިކަމާއި ރައްޔިތުންގެ މަތީ މަޞްލަޙަތާ ކުޅެން އުޅުނީމާ ބައެއްގެ ހުޅުނބު ދާ މަންޒަރުކަމަށެވެ.

"ޕާޓީގެ ރައީސާ އައުވާނުން ފާޅުގައި ޕާޓީގެ ސަރުކާރާ ދިމާކޮށްލައިފި. ޕާޓީން ރައީސުލްޖުމްހޫރިއްޔާ، ސައިޒުކުރަން ހިފާލައިފި. ދެން ފެނިގެންދާނީ ދައުލަތުގެ ބާރުވެރިކަމާ ރައްޔިތުންގެ މަތީ މަޞްލަޙަތާ ކުޅެން އުޅުނީމާ ބައެއްގެ ހުޅުނބު ދާ މަންޒަރު" އަލްހާން ވިދާޅުވިއެވެ.





ރައީސް ސާލިހާ ދެކޮޅަށް އެމްޑީޕީގެ ތެރޭގައި މަސައްކަތްތަކެއް ކުރާކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުންދާއިރު، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވެ، ރައީސް ސާލިހުގެ އިސްތިއުފާއަށް ވެސް ގޮވާލައްވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅޭ ބައިބައިވުމަކީ ވެރިކަމާއި ހެދި އުފެދިގެން އުޅޭ ބައިބައިވުމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ރައީސް ނަޝީދު ވަޑައިގަންނަން ބޭނުންފުޅުވާއިރު ރައީސް ސާލިހުގެ ފެހި ސިގްނަލް އެކަމަށް ލިބިވަޑައިނުގެންނެވުމަކީ ޖެހިގެން އުޅޭ އެންމެ ބޮޑު މައްސަލަކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ ބައެއް ފަރާތްތަކުން ބުނާގޮތުން މިހާރު މިފެންނަ މަންޒަރު ތަކަށް ބަލާއިރު އަދި ފާޅުގައި ވިދާޅުވެފައި ނުވި ނަމަވެސް ރައީސް ސާލިހު ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެއެވެ.

ނަމަވެސް ރައީސް ނަޝީދު އެކަމަށް ތާއީދު ނުކުރައްވާކަން ފާޅުގައި މިހާރު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރު ވަނީ 2023 ގައި ރިޔާސީ އިންތިޚާބު އޮންނަ ނަމަ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރަށްވާނީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުހައްމަދު

16-Jul-2021

އަލްހާން އަކީ ފޭދޫ ދާއިރާގެ މެމްބަރެއް ނޫން, ކުށް އިސްލާހް ކޮއްލައްވާ



ޓްރެންޑިން