ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ, ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރިކަމަށް ބުނެ، 2016 ގައި ބަޔަކަށް ހުުކުމް ކޮށްފައިވާތީ، އެކަމަށް ހައިލަމް ހިމެނޭ ގޮތަށް 4 ބޭފުޅަކު މައާފަށް އެދެންޖެހޭ ގޮތަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ.

ރައީސް މުޙައްމަދު ނަޝީދު ޖަލުން މިނިވަންކުރަން ގޮވައިލައި، އެއަރޕޯޓުގައި މުޒާހަރާކޮށްގެން 14 އަންހެނުންގެ މައްޗަށް 03 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. ހައިކޯޓުން ވެސް އޭރު އެ ޙުކުމަށް ތާއީދުކުރިއެވެ.

އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، ގ. އާކާޝްވިލާ އާމިނަތު ޒާހިރާ (ނަލަ ޒާހިރާ) ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޕްރޮސެކިިއުޓާރ ޖެނެރަލް މުހުތާޒު މުހުސިނާއި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ރަޝީދާއި، ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޙައިލަމް މައާފަށް އެދެންޖެހޭނެކަމަށެވެ.

މިމައްސަލައިގައި އޭރުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ހައިލަމް މައާފަށް އެދުމަށް ހުށަހަޅާފައިވަނީ އެ މައްސަލައިގައި ޕީޖީގެ ފަރާތުން ވަކާލާތު ކުރެއްވީ އޭނާ ކަމަށް ވާތީއެވެ.

މިކަމާއި ގުޅިގެން ހައިލަމް ‏ވިދާޅުވީ އެމައްސަލައިގައި ދަޢުވާ ކުރެވުނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާއި ކަނޑައެޅިގެން ޚިލާފުވުމުންކަމަށެވެ. އަދި ދަޢުވާކުރެވުނު މައްސަލައިގެ ހުކުމް ވަނީ ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ހައިލަމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ޤާނޫނީ އިޖުރާއަތާ ޚިލާފަށް، 2012 ވަނަ އަހަރު ޢަބްދުالله ޤާޟީ ހައްޔަރުކޮށްގެން، ގެންގޮސް ‏22 ދުވަހު ގިރިފުށީގައި ގެންގުޅުނުކަމަށެވެ. އަދި އެއީ ނިޒާމީ ސިފައެއްގައި ރާވައިގެން މީހުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުންކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެކަމަށް ރައީސް މުހައްމަދު ނަޝީދު ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތުން މާ ރަނގަޅުވާނެކަމަށް ހައިލަމް ވިދާޅުވިއެވެ.



އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، އާމިނަތު ޒާހިރާ ހުށަހެޅުއްވި މައްސަލައިގައި ހައިލަމްގެ އިތުރުން، މައްސަލައިގައި ދަޢުވާކުރިކަމަށް ޓަކައި، އޭރުގެ ޕީޖީ މުހުތާޒު މުހުސިނާއި، އެ މައްސަލައިގައި ހުކުމް ޑްރާފްޓްކުރައްވައި، ކްރިމިނަލް ކޯޓަށް ފޮނުއްވާފައިވާކަމަށް ބުނެ، ރައީސް އޮފީހުގެ އޭރުގެ ލީގަލް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު އަދި އޭރުގެ ކްރިމިނަލް ކޯޓުގެ ގާޒީ އަދި މިހާރު ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އަޙްމަދު ރަޝީދު މަޢާފަށް އެދިވަޑައި ގެންނެވުމަށް އެންގުމަށް އެދިފައިވެއެވެ.

ޖޫންމަހުގެ 27 ވަނަ ދުވަހުވެސް ހަމަ މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ.ހުޅުދޫ/ ކަޅުމަގިގޭ މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާރމަން މުޙައްމަދު އިބްރާހިމް މަނިކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 13 އިން ފެށިގެން އޮގަސްޓު 13 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން