ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ފުލުހުން ގާނޫނީ އިންޒާރުދިން ގޮތް ގޯސްވެ މައްސަލައިގެ ބަޔާން އަލުން ނަގަން ޕޮރެސެކިއުޓަރ ޖެނެރަލް ފުލުހުންނަށް އަންގައިފިއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. ރައީސް ޔާމިނަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައެވެ.

އެމައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. ރައީސް ޔާމިން މިއަދު ވަނީ އެމައްސަލައިގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ.

މިއަދު މެންދުރު 2 ޖެހިއިރު ފުލުހުންގެ އިދާރާއަށް ރައީސް ޔާމިން ހާޒިރުކުރި މައްސަލައިގައި މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް ވިދާޅުވީ، ދައުވާ ކުރަން މިހާރު ފޮނުވާފައިވާ އާރަށުގެ މައްސަލައިގައި ފުލުހުން ރައީސް ޔާމިނަށް ގާނޫނީ އިންޒާރު ދީފައިވަނީ ގޯސްކޮށް ކަމަށް ޕީޖީ އޮފީހުން ފުލުހުންނަށް އަންގައިފައިވާ ކަމަށާއި، އެމައްސަލައިގައި ގާނޫނީ އިންޒާރު ދިނުމަށްފަހު އަލުން އެމަނިކުފާނުގެ ބަޔާން ނަގަން ފުލުހުން މަސައްކަތް ކުރަމުންދާކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ، އެ މައްސަލައަކީ މީގެ ކުރީގެ ދުވަހެއްގައި ރައީސް ޔާމީން ހާޒިރުވެވަޑައިގެން އެ މައްސަލައިގެ ތަހުގީގު މުޅިން ނިމި ސޮއިކުރައްވާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެމައްސަލައިގައި އަލުން ބަޔާން ނެގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެކަމާ އިއުތިރާޒު ކުރުމުގެ ގޮތުން މިއަދުގެ ބައްދަލުވުމުން ގާނޫނީ ޓީމް ތަނާޒިލްވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ ގާނޫނީ އިންޒާރުދީ ރައީސް ޔާމިންގެ ބަޔާން ގަދަކަމުން ނެގުމަށް އުޅުމުން، އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި، އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ‏ދިނުމަށް އެދުމުން ވެސް އެފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންްވެ މުވައްކިލުގެ ހައްގު ހިމާޔާތް ނުކުރެވޭތީ ވަކީލުން ތަހުގީގުގެ އެ މަޖިލީހުން ތަނާޒިލުވެފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރިކަން ސާބިތުވެ އެމަނިކުފާނަށް މިހާރުވެސް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ފޮނިބެ

16-Jul-2021

ތިޔަކީ ވ ބޮޑާ ކިބުރުވެރި ގޮލައެއް..



ޓްރެންޑިން