ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަމަށް ވިދާޅުވެ އެމަނިކުފާނާއި ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތެދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހެން ވިދާޅުވީ އެޕާޓީގެ ވަޓްސް އެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެމެދު އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ.

ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދަކީ ރައީސް ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ.



"އަޅުގަނޑުމެންގެ ޒާތީ ކަންކަމުގައި އަބަދުވެސް އެކީގައި އުޅޭނަން. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެއޭ އެއީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށެވެ. އަދި އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއްވެސް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން." ރަައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް ނަޝީދު ބޭނުންފުޅުވާ ވަކި ކަމެއް އެމަނިކުފާނުގެ މިމެސެޖުތަކުގައި ހާމަ ކުރަށްވާފައެއް ނުވެއެވެެ. ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެކަމުގައި އެޕާޓީގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ޔާމީންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ ވެސް ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނުގެ އެވިސްނުންފުޅު ބަދަލުކުރައްވާފައިވާ ކަމެއް ހާމަކުރަށްވާފައި ނުވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހުސައިން

16-Jul-2021

އަންނި އެބަ ބުނޭ ރައީސް އިބޫ ހުރީ ތާށިވެފައޭ ނޫސްވެރި އަޅެ ބައްލަވާދެއްވަފާނުތޯ ކޮންތަނެއްތޯ ތާށިވެފަހުރީ ، އިނގިލިތޯ، ނަގޫތީ، ނުވަތަ މުޅި ހަށިގަނޑުތޯ. ؟؟


-5

އެލެކްސް ފާރގަސަން

16-Jul-2021

ވަކިވަނީ ބޮޑު ވަޒީރުކަން ދޭން އިބޫ ފެކްޝަންގެ ބޭފުޅުން ދެކޮޅު ހައްދަވާތީ. އަދި އޭގެ އިތުރުން, އިސްލާޟް ދިނުގެ ދަންނަ ބޭކަލުންގެ އަގު ރައީސް ސޯލިހު ހިފަހައްތާވާ އެކަމާ މާދުން ހުންނަވާތީ. ސެކިޔުލަރ އެޖެންޑާ އިބޫ ކުރިޔަށް ނުގެންދަވޏެ. މެދުމިނޭކިޔައިގެން މިގައުމަށް ސކިޔުލަރިޒަމް ގެނައުމަށްކުރާ މަސައްކަތްތާއި ދެކޮޅަށް ވަކާލާތު ކޮށް ރައްޔޮތުން ބަަސްވެސްބުނާނެ. އެކަމާ އަބަދުވެސް ދެކޮޅު. ކަލޯމެންގެ ޒާތީ ކަންތައް ބަހއްތާ. މީ ދިވެހި ރައްޔިތުންގެ ގައުމު . އެމީހުން ގެ ނުރުހުމުގައި ބޮޑުވަޒީރެއް ކުޑަވަޒީރެއް ނުބެހެއްޓޭނެ. މަޑުން ޔޫކޭ ގައި ރާބޯހުންނަވާ. ތިޔަ ތާނގައި ބޮއެގެން ހުރެވޭނީ.



ޓްރެންޑިން