ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނަކަށް ލެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ރައީސް ޞާލިހުގެ ދިފާއުގައި ނުކުމެވަޑައިގެންފިއެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ، ރައީސް ސޯލިހަކީ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބު ތަކަށް ބަލާއިރު މިހާތަނަށް، ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެއްވި ހަމައެކަނި ލީޑަރ ކަމަށެވެ. އެމަނިކުފާނުގެ ދައުރު ދެބައިވުމާއެކު ރައީސް ކަނަކަށް ލެއްވުމަށް މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.



ސައުދު ވިދާޅުވީ ސިޔާސީ ގޮތުން ރައީސްގެ ކުރިމަގު މާރާލުމަށް އުޅުނު ނަމަވެސް، އެކަން މާތް ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބު ނުވާނެ ކަމަށެވެ.

ސަޢުދު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މިއަދު އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުކަން ރައީސް ނަޝީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވާފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ޞާލިހާއެކު މިހާރު ހުންނެވެން ނެތް ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ހަސަނު

16-Jul-2021

ކަލޭ ނިކުންނަންވީނު ސައުދު.



ޓްރެންޑިން