ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރަން އެމްޑީޕީގެ މެމްބަރުން ބޭނުންނުވާނެކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ އެމްޑީ އަދި އެމްޑިޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، (މޫކޭ) މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއެކު ސިޔާސީ ގުޅުން ކަނޑާލައި ސިޔާސީ ކަންކަމުގައި ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިންގެ އެހީތެރިކަން ހޯއްދަވާނެކަމަށް ވިދާޅުވެ ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫކޭ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމިނާއެކު ސިޔާސީ މަސައްކަތް ކުރަން އެމްޑީޕީގެ މެމްބަރުން ބޭނުންނުވާނެ ކަމަށާއި އަދި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރުމަކީ ގައުމަށް އެކަމުން ރަނގަޅު މަގެއް ފެންނާނެ ކަމެއްވެސް ނޫންކަމަށެވެ.



"އެއީ އިންސާފު ހޯދޭނެ ގޮތެއް ވެސް ނޫން." މޫކޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާމުހިންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން." ރަައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ޕާޓީ މިހާރު ވަނީ ދެބައިވެފައެވެ. އޭގެތެރެއިން އެއްބަޔަކު އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހަށް ތާއިދުކުރާއިރު އަނެއް ބަޔަކު ތާއިދުކުރަނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށެވެ. ނަމަވެސް ޕާޓީގެ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ރައީސް ޞާލިހުގެ ފަޅީގައި ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ފާޅުގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ހަސަނު

16-Jul-2021

ކިތަންމެހާވެސް ބޭނުންވާނެ. އެކަމް ޕީޕީއެމް ޕީއެންސީ އަކުން ތިބައިގަނޑު ގަބޫލެއް ނުކުރާނެ.



ޓްރެންޑިން