އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެޕާޓީން ވަކިކުރުމަށް އެޕާޓީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ މިހެން ވިދާޅުވީ، އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު، ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ގުޅުން ކަނޑުއްވާލެއްވިކަން އިޢުލާން ކުރަށްވައި ރައީސް ޞާލިހާއި ދެކޮޅަށް ފާޅުގައި ނިކުމެވަޑައިގެން ރައީސް ޔާމިން އާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރަށްވާފައިވާ އަލްހާން ފަހުމީ ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީން ވަކިކުރަންޖެހޭ ކަމަށާއި، އިދިކޮޅު ލީޑަރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.



"‏ބޮޑުވަޒީރުކަން ހޯދަން ހިތާ ހަށިވެސް ވިއްކާލައިފި!" ރާއްޖޭގެ ވެެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ހޯއްދެވުމަށް ރައީސް ޔާމިނާއި އިދިކޮޅު ޕީޕިއެމްގެ މަދަދު ހޯއްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން އަލްހާން ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެެއްގައި ވިދާޅުވީ ރައީސް ސޯލިހާ ދެބޭފުޅުންގެ ސިޔާސީ ފިކުރު ތަފާތުވެފައިވާ ކަމަށާއި ދެން ރައީސް ޞާލިހާއެކު ހުންނެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދުކުރާނަމަ، އެއެޕާޓީގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޖުހާ

16-Jul-2021

ނަޝީދައާ އިބުރާހީމް މުހައްމަދު ސޯލިހާ ޚިޔާލުތަފާތުވެގެން ނަޝީދައް ނޫޅެވޭނެކަމުގަވަނީނަމަ ނަޝިދު އރއްފަރާތަށް އެރީމަ ނިމުނީ އެއީމާގިނަ ވާހަކަ ދައްކަން ޖެހޭކަމެއްނޫން



ޓްރެންޑިން