ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު މިހެން ވިދާޅުވީ، ރައީސް ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ނިކުމެވަޑައިގެން އިދިކޮޅު ލީޑަރު ރައީސް އަބުދުﷲ ޔާމިންގެ އެހީ ހޯއްދަވާނެކަން ހާމަ ކުރެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ މޫސާ މަނިކު ވިދާޅުވީ، ‏ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ ބޭފުޅަކަށް ފެނިވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުކަން ސިޔާސީ ހުރިހާ ފަރާތްތަކުން މިހާރު ޤަބޫލުކުރާކަމަށެވެ.



"ބަޔަކުޕާޓީއެއްހެދިޔަސް، އަމިއްލަޕާޓީ ތެރެއިން ބޮޑާހޭކިޔަސް، އިދިކޮޅުންރައްދެއްދިނަސް، އަމާޒުވަނީ ރައީސް ސޯލިހުއާ 2023 އާ އަޅުވާފަ؟" ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ޕާޓީއެއް އުފައްދަަވަނީ ރައީސް ޞާލިހުގެ އިރުޝާދާއެކު ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކާއި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ އިތުރުން އިދިކޮޅުން ސަރުކާރަށް ދެމުން ގެންދާ ރައްދުތައް ރައީސް ސޯލިހަށް އަމާޒުކުރަމުން ގެންދާދިޔުމަށް އިޝާރަތް ކުރައްވައި މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެެއްގައި ވިދާޅުވީ ރައީސް ސޯލިހާ ދެބޭފުޅުންގެ ފިކުރު ތަފާތުވެފައިވާ ކަމަށާއި ދެން ރައީސް ޞާލިހާއެކު ހުންނެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދުކުރާނަމަ، އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2023 ގައި ވާދަކުރަށްވާނެކަން އިޢުލާން ވެސް ކުރަށްވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް ސޯލިހު މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން