ޒަހީނުއްދީން ސަޢީދު   13 ޖުލައި 2021 - 4:0
މި ހިނގާ ޖުލައި މަހުގެ 18ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ 2021 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދެ ދުވަސް ކަނޑައަޅާ އެކަން ރައީސް ސޯލިހް ނިންމަވާފައިވާ ކަަމަށެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިހިނގާ ޖުލައި 19 ވަނަ ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި 20 ވަނަ ދުވަހަކީ އަޟުހާ އީދު ދުވަހެވެ. އޭގެ ފަހުން އަންނަ ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ތިން ދުވަހެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމަށްވާތި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ޖުލައި 27 އިން 30 ވަނަ ދުވަހަށް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ. ޖުލައި 18 އާއި 25 ބަންދު ކުރީ ޗުއްޓީގައި ތިބި މީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން