ރާއްޖެއާއި ޖަޕާނުގެ ޚާރިޖީ ވަޒީރުން
ރާއްޖެއާއި ޖަޕާނުގެ ޚާރިޖީ ވަޒީރުން
ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ވެކްސިން ހަދިޔާކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ކޮވެކްސް ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ގަވީ ވެކްސިން އެލަޔަންސް ގުޅިގެން ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ.

ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ދަށުން 10 ޤައުމަކަށް ޖަޕާނުން 11 މިލިއަން ވެކްސިން ޑޯޒް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ޖަޕާނުން ވެކްސިން ހަދިޔާކުރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމުން ޝާހިދުވަނީ ޖަޕާނުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ.





ކޮވެކްސް ސްކީމުގެ ދަށުން މި އަހަރުގެތެރޭގައި ދެ ބިލިއަން ޑޯޒުގެ ވެކްސިން، މަދުން އާމްދަނީ ލިބޭ އަދި މެދު ފަންތީގެ 92 ގައުމަށް ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން އުއްމީދު ކުރެއެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރަޝިޔާގެ ވެކްސިން ހޯދުމަށްވެސް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ސިންގަޕޫރުން އެކްސްޓްރާޒެނެކާ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ އިންޑިއާގެ ކޮވިޝީލްޑް އަދި ޗައިނާގެ ސިނޯފާމް ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން