ކޯވިޑުގެ ހާލަތާއި ގުޅިގެން ގެއަށް ބަދަލުކުރި ޤައިދީން އަނބުރާ ޖަލަށް ގެންދަން ނިންމާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަނުން މިކަން ހާމަކޮށްފައި މިވަނީ ކޯވިޑާއި ގުޅިގެން ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ގެންދަން އުޅޭކަމަށް ބުނެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ކަރެކްޝަނުން ބުނީ ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެ ޖަލުތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ގެއަށް ބަދަލުކޮށްފައިވާ ހައިރިސް ގައިދީން އަނބުރާ ޖަލަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށެވެ. ނަމަވެސް އެކަން ކުރާނެ ތާރީޙެއް ނުވަތަ އެކަން ކުރުމަށް މިހާތަނަށް ނިންމާފައި ނުވާކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ކަރެކްޝަނުން ބުނީ ޤައިދީން އަނބުރައި ޖަލަށް ބަދަލުކުރާއިރު، ކޯވިޑާއި ގުޅިގެން ގެއަށް ބަދަލުކުރި ހުރިހާ ޤައިދީން ބަދަލުކުރާނެކަމަށެވެ.

ޖަލުގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ބައެއް ޤައިދީން ގެއަށް ބަދަލުކުރިއިރު، އޭގެތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން