ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލައަށް ހައްލެއް ހޯދައިދޭންޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފުލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވަނީ 8500 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ހިޔާ ފުލެޓުތަކަކީ ސޯޝަލް ހައުސިންއަށް އަމާޒުކޮށްގެން ބިނާކޮށްފައިވާ ފުލެޓުތަކެއް ކަމަށެވެ. އަދި އެތަނަށް ވަންނަ ފަރާތްތަކުގެ އެވެރެޖު އާމްދަނީއަކީ 5،000 ރުފިޔާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



އަދި އެވެރެޖުކޮށް އާމްދަނީގެ ގޮތުގައި 5،000 ރުފިޔާ ލިބޭއިރު ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކާނީ ކިހިނެއްތޯވެސް އާޒިމް ސުވާލު އުފައްދަވާފައިވެއެވެ. މިކަމަކީ ހައްލު ހޯދައިދޭންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

"ކިހިނެއްތޯ 8500ރ. ކުލީގެ ގޮތުގައި ދައްކާނީ. މިކަމަށް ޙައްލެއް ހޯދަންޖެހޭ، ނޫންނަމަ ގަވާއިދުން ކުލިދައްކާ ފަރާތްތައް މަދުވާނެ." އާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 7،000 ހައުސިން ޔުނިޓުގެ ކުއްޔަކީ 8،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ ފުލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅައިފައިވަނީ 5600 ރުފިޔާއެވެ. ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ބިނާކުރި ފުލެޓުތަކުގެ ހިސާބު ކުރީގެ ސަރުކާރުން ހަދާފައިވަނީ މުޅިން ގޯސްކޮށް ކަމަށެވެ.

އަސްލަމް މިހެން ވިދާޅުވި ނަމަވެސް މިކަމަށް ދެކޮޅުހައްދަވާ ކުރީގެ އަގަށް ދެވޭނެ ކަމަށް ވިދާޅުވެ، ހިޔާ ފުލެޓްތަކުގެ ކުލި 5600 އަށް ކުޑަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން