ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކުރިޔަށް އޮތް ޢީދު ބަންދުގައި ބީއެމްއެލްގެ ޚިދުމަތް ދޭނީ ޖުލައި 21 އަދި 27 ގައި ކަމަށް އެބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިޥްސް (ބީއެމްއެލް) އިން ނެރެފައިވާ އިޢުލާނެއްގައި ވަނީ، އެމް.އެމް.އޭ ގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި އަދި 27 ޖުލައި 2021، ގައި ކަމަށެވެ.

މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 11.00 ގެ ކުރިންނެވެ. އަދި ހެނދުނު 12:00 ގެ ކުރިން ލިބޭ ބީއެމްއެލްގެ ޗެކްތައް ޕްރޮސެސް ކުރެވޭނެއެވެ. އަދި މުސާރަ ޖަމާކުރުމުގެ ޚިދުމަތަށްވެސް 12:00 ގެ ކުރިން އެދިއްޖެ ނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ އެވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ދެން ބޭންކު ހުޅުވޭ ދުވަހުގައި ކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށާއި، ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.

މީގެ އިތުރުން އެކައުންޓް އޯޕަނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެއެވެ.

ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައިވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކުރެވިފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން ބުނީ ބޭންކް ހުޅުވި ނަމަވެސް އެންމެ އެދެވިގެންވަނީގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން