ޖުމުހޫރީ ޕާޓީއާއި ނުލައި ރާއްޖޭގެ ވެރިކަން ހޯދި ޕާޓީއެއް އަދި ވެރިއެއްވެސް ނެތް ކަމަށް ވިދާޅުވެ އެޕާޓީގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، އިދިކޮޅު ޕީޕިއެމަށް ރައްދު ދެއްވައިފިއެވެ.

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު މިހެން ވިދާޅުވީ ޕީޕީއެމްގެ ނައިބް ރައީސް އަހުމަދް ޝިޔާމް، ޖުމުހޫރީ ޕާޓީއަކީ "ފިކުރެެއް" ނޫން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ އެޕާޓީގެ ފިކުރާ ނުލައި ރާއްޖޭގެ ވެރިކަމަށް އާދެވުނު އެއްވެސް ޕާޓީއެއް ވެެރިއެއްވެސް ނެތް ކަމަށެވެ. އަދި ކަފިކަފި ގިނަ ފިކުރު ތަކެއް އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށް ހަމީދު ވިދާޅުވިއެވެ.



"ޖޭޕީގެ ތެރޭގައި އެފަދަ ކަމެއް އަދި ނުހިނގާ، ލީޑަރެއް އެބަހުރި." ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ޓެގްކުރައްވައި ހަމީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ވެސް މިހާރު ފިކުރެއް ނޫން ކަމުގައެވެ. އަދި މިހާރު ޖޭޕީއަކީ އެމްޑީޕީގެ ނާތަހުޒީބު ސިޔާސަތުގެ ތެރޭގައި އޮތް ޕާޓީ އެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ހަމީދު ވިދާޅުވި ފަދައިން އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ކަމަށް ވަޑައިގެންނެވެނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ޕާޓީގެ ތާއިދާއި އެހީތެރިކަމާއެކު ކަން ފާހަގަކޮށްލެވެއެވެ.

ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިކާމިޔާބުކުރެއްވުމަށްފަހު ދާދިފަހުން ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމްވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިއްމަވައި އެޕާޓީން ވަކިވެވަޑައިގެންފައެވެ. ކާނަލް ނާޒިމުގެ އިތުރުން ޖޭޕީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ކިބިނދޫ ދާއިރާ މެމްބަރު އަބުދު ﷲ ރިޔާޒް ވެސް ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން