ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތްވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ސަރުކާރުން ސިޔާސަތުތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ އަހުމަދު އަބުދު ﷲ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށް ދަތުރުފަތުރު ކުރުން ހުއްޓި ރާއްޖެއަށް ކުރިމަތިވި ދަތިއުދަނގޫ ހާލަތުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ސަރުކާރުން އެ ފަދަ ހަރުދަނާ ފިޔަވަޅުތައް ނޭޅިނަމަ ރާއްޖޭގެ ހާލަތު މިއަދު އޮންނާނީ މިއަށްވުރެ މާ ގޯސް ހާލަތެއްގައި ކަމަށް އަހުމަދު އަބުދުﷲ ވިދާޅުވިއެވެ.

"ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުން އެޅުއްވި ފިޔަވަޅުތައް ސާބިތުކަމާއެކު ސަރުކާރުން ކުރިއަށް އެގެންދެވީ، ދިވެހިރާއްޖޭގެ ރައްޔިތުން ބަނޑަށް ނުޖެހި މިއަދު ސަލާމަތުން ތިބުމުގެ ސަބަބަކަށްވާނެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް." އަހުމަދު އަބުދު ﷲ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮވިޑުގެ ހާލަތާއި އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރުކޮށް މަގުމަތިވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށާއި، ގެދޮރުން ނިކުންނަން ޖެހި ހާލުގައި ޖެހުނު ވަރަށް ގިނަ ބަޔަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އަހުމަދު އަބުދު ﷲ ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ބަނގުރޫޓްވިޔަ ނުދީ ހިފެހެއްޓުނީ ބޭންކް ތަކާއި، އެކި ފެސިލިޓީ މެދުވެރިކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުން ކަމަށާއި، އެގޮތުން ވިޔަފާރި ތަކަށް ލޯންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަކުން ރައްޔިތުންނަށްޓަކައި ކުރާނެ ރަނގަޅު ގިނަ ކަންތައްތައް އެހެރީ ސަރުކާރުން ވަރަށް ރަނގަޅަށް މެނޭޖް ކޮށްދީފައި. އެ މެނޭޖްކުރުމުގެ ނަތީޖާ މިހާ ހިސާބުގައި ހިފެހެއްޓިފައި ހުރުން އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑުތަނުން ދަތިވެގެން ގޮސް މީހުންގެ ހާލު ގޯހުން ގޯހަށް ގޮސް މަގުމަތިނުވެ އޮތުން އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަމަ ސަރުކާރުން ނިއްމައިގެން ރީތިކޮށް ރޭވުންތެރިކަމާ ވިސްނުންތެރިކަމާއި އެއްކޮށް އަޅުއްވަމުން ގެންދިޔަ ހަރުދަނާ ފިޔަވަޅުތައް. ދުނިޔޭގެ މިއަށްވުރެ ބޮޑެތި ގައުމުތަށް އޮތީ މާ ހާލުގައި." ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން އަހުމަދު އަބުދު ﷲ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

Mod

16-Jul-2021

membarun bandah nujehey wahaka dho thibunee


7

Mod

16-Jul-2021

membarun bandah nujehey wahaka dho thibunee



ޓްރެންޑިން