10 ވަނަ އެޕިސޯޑް
==========
ނަމަވެސް، ނާއިލަށް އޭނާގެ ބައްޕަ އިލްޔާސްގެ ނިންމުމާ ދެކޮޅަށް ޒޭނާއާ ކައިވެނި ކުރެވިދާނެކަން ނޫނީ އެކަން ކުރުމަށް ނާއިލަށް ހިތްވަރު ލިބިދާނެ ކަމެއްވެސް ނޭނގެއެވެ. އޭނާ ޢައިޝާއާއި އޭނާގެ ކައިވެނި ފަސްކުރުވީވެސް އޭނާގެ މަންމަގެ ބަލިން މަންމަ ސަލާމަތްވުމުން ނޫނީ ކައިވެންޏެއް ކުރަން ބޭނުން ނޫން ކަމަށް ބުނެފައެވެ.
ނާއިޝް ގެއަށް ވަދެ ރަނގަޅަށް ހޯދާލުމަށްފަހު، އޭނާގެ އަތުގައި އޮތް ކުޑަކުޑަ ފުޅި ހިފައިގެން ގޮސް ނާޒިމާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ވަނުމާއެކު ނާޒިމާ ތުރުތުރު އަޅަން ފެށިއެވެ.
[ބޮޑު މަންމާ...އަހަރެން މިއައީ ބޮޑު މަންމައަށް ބޭސްދޭން.] ކޮޓަރީގެ ދޮރު އެތެރެއިން ތަންޑު އަޅުވާލުމަށްފަހު، ނާއިޝް އެއްމިޔަކަނުން ހީލިއެވެ. ނާޒިމާ ބިރުން ތެޅިފޮޅެން ފަށައިފިއެވެ.
[ތިހާލުގައި ތިގޮތަށް އޮތުމަށްވުރެން މިބޭސްފުޅި ބޮއިގެން ދާއިމަށް ތިކަމުން ސަލާމަތްވިއްޔާ، މާރަނގަޅުވާނެ. ހިނގާ އަވަހަށް މިގޭގައި އެއްވެސް މީހަކު ނެތިސް ބޭސް ބޯލަމާ.[ ނާއިޝް ބޭސްފުޅީގެ މަތިގަނޑު ހުޅުވަމުން، ނާޒިމާ އޮތް އެނދާ ދިމާއަށް ހިނގައިގެންފިއެވެ. ނާޒިމާ ނޫނެކޭ ބުނާފަދަ ގޮތަކަށް ދެއަތަކަށް ބޯހޫރަން ފެށިއެވެ. އޭރު ނާޒިމާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފަށައިފިއެވެ.
އޭނާ ހަޅޭއްލަވައިގަނެވޭތޯވެސް ކިތަންމެ ވަރަކަށް އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް، އަޑެއް ބޭރެއް ނުވެއެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. އޭނާ ރޮމުން ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރަމުން ދަނީއެވެ. ނަމަވެސް، ނާޒިމާގެ ހިތުގައި އަޅާނޭ ވޭނަކާމެދު ވިސްނާކަށް ނާއިޝް ބޭނުމެއް ނޫނެވެ.
[މިވަގުތު ކިތަންމެ ރުޔަސް، އެހީވާން އަންނާނޭ މީހަކު މިގެޔަކު ނެތް. އަހަރެންގެ މަންމަގެ މުސްތަޤްބަލަށް ހުރަސްއެޅޭފަދަ ހުރިހާ ހަރުފަތެއްވެސް ހުޅުވާލަން އަހަރެން ބޭނުން. ބޮޑުމަންމާ...އަހަރެން މިރޭ މިގޮތަށް ޢަމަލު ކުރަން ނިންމީ، ބޮޑުމަންމަދެކެ ލޯބިނުވާތީއެއް ނޫން.] ފުޅި ހިފައިގެން ނާއިޝް ގޮސް ނާޒިމާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
އެކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނީ އެވަގުތުއެވެ. ނާއިޝްއަށް ލިބުނު ސިހުމާއެކު އޭނާގެ އަތުގައިވާ ފުޅިވެސް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ނަމަވެސް އެފުޅި ތަޅައިގެނެއް ނުދެއެވެ. ވުމާއެކު، އޭނާ ތެޅިގެންފައި އެތާނގައި އޮތް ފޮތިގަނޑަކުން ތަޅުންގަނޑު ސާފުކުރުމަށްފަހު، އެ ފުޅި ޖީބަށްލިއެވެ. އެއަށްފަހު ނިކަން ހާސްވެފައި ހުރެ އޭނާ ގޮސް ދޮރު ހުޅުވައިފިއެވެ. އޭރުވެސް ނާޒިމާއަށް ހަމަ ރޮވެނީއެވެ. ދޮރުމަތީގައި ހުރީ ނަޝާއެވެ.
[ނާއިޝް!؟ ތަންޑު އަޅުވައިގެން މިތާ ކީއްތިކުރަނީ....ހަމަ މިހާރު ބުނޭ....] ނަޝާ ނާއިޝްގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.
ނާއިޝްއަށް ނަޝާގެ އެސުވާލަށް ޖަވާބުދޭން ދަތިވިއެވެ. އޭނާ ހާސްކަމާއެކު ވަށައިގެން ހޯދަމުން ދަނީއެވެ.
[އެއްވެސް...ކަމެއް....އެއްވެސް ކަމެއް...ނުކުރަން....] ނާއިޝް ޖަވާބު ދިނީ ވަރަށް ހާސްވެފައި ހުރެއެވެ.
[ބޮޑު މަންމާ...ނުރޮއޭ...އަޅެ ކިހިނެއްތަވީ. ވާހަކަ ދައްކަން މަސައްކަތްކޮށްބަލަ....] ނާޒިމާގެ ގާތުގައި ނަޝާ އިށީނެވެ. ނާޒިމާ ވަރަށް ބިރުގަނެ، ހާސްވެފައި އިނދެ ނާއިޝްގެ މޫނަށް ބަލަން ފެށިއެވެ.
[އެއްވެސް ކަމެއްނުވޭދޯ ބޮޑުމަންމާ....އަހަރެން މިތަނަށް ވަނީމާ، ބޮޑުމަންމަ ކުޑަކޮށް ހާސްވީ.] ނާއިޝް އަމިއްލައަށް ފަޟީޙަތްވާން ފެށިއެވެ.
[ނާއިޝް ވަނީމާ ބޮޑުމަންމަ ހާސްވާނީވެސް، ކަލެއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވުނީމާ. ބުނޭ މިތަނަށް ވަދެ ކީއްތަކުރީ...] ނަޝާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
[އެއްވެސް ކަމެއްނުވޭ. މާބޮޑު މީހަކަށްވެގެން ނަޝާ ނުޖެހޭނެ، އަހަރެންގެ ކުރިމަތީގައި ތިގޮތަށް ވާހަކަ ދައްކާކަށް. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ކަލެއަކާ ބެހޭކ ކަމެއް ނޫން. އަހަރެންގެ މަންމަގެ އުފާތަކަށް ހުރަސް އެޅޭ ކަމަށްވާނަމަ، އެހުރަސްތައް ނައްތާލަން އަހަރެން މަސައްކަތް ކުރާނަން.] ނާއިޝް ކުއްލިއަކަށް ރުޅިގަދަވެއްޖެއެވެ.
[އެހެންތަ؟ އަހަރެން ހިއެއްނުކުރަން، ކަލޭމެންގެ ވިސްނުން ތިޔަހާ މުޑުދާރު ވެދާނޭ ކަމަކަށް. އަހަރެން ތި ފުރްޞަތު ކަލެއަކަށްވެސް އަދި މަންމައަކަށްވެސް ނުދޭނަން. ތިވިސްނަނީ ބޮޑުމަންމައާއި ބޭބެގެ އުފާތަކުން މަޙްރޫމް ކުރުމަށްފަހު، އަމިއްލައަށް އުފާތައް ލިބިގަންނަން. އަހަރެން ހުރިހާ ވާހަކައެއް ބައްޕައަށްވެސް އަދި ބޭބެއަށްވެސް ކިޔައިދޭނަން. އެހެން ނޫނީ ބޮޑުމަންމަގެ ފަރާތުން މަޢާފަށް އެދި ހުވާކުރޭ، އެފަދަ ކަމެއް ނުކުރާނެ ކަމަށް.] ނަޝާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެއަށްފަހު، އެނދުގައި ނާޒިމާ ބާއްވާލުމަށްފަހު މޫނު ފޮހެލަދިނެވެ.
[ދެރަނުވޭ ބޮޑުމަންމާ...ދޮންބެމެން އެގޮތަށް ވިސްނަނީ ރަނގަޅަށް ސިކުނޑި މަސައްކަތް ނުކުރާތީ. އަދި ވިސްނޭނެ.] ނަޝާ ނާޒިމާގެ ބޯ މޮޑެދެމުން ވާހަކަ ދެއްކިއެވެ. އެވަގުތު މަޖުބޫރުވެގެން ނާޒިމާގެ ކިބައިން ނާއިޝް މަޢާފަށްވެސް އެދުނެވެ. އެއަށްފަހު، އޭނާ އެކޮޓަރިން ނުކުތެވެ.
ނަޝާއަކީ ނާއިޝްއާއި އޭނާގެ މަންމަ ޝާޢިރާގެ ވިސްނުމާ ވަރަށް ތަފާތު ގޮތަކަށް ވިސްނާ ހެޔޮލަފާ އަންހެން ކުއްޖެކެވެ.
އެއްވެސް މީހަކަށް އޭނާގެ ފަރާތުން ދެރައެއް ލިބުމަކީ އޭނާއަށް އެނގިހުރެ އޭނާ ކުރާނޭ ކަމެއް ނޫނެވެ. އެހެން މީހަކު އެފަދަ ކަމެއް ކުރާ ކަމަށްވިޔަސް، އޭނާ އެކަމަކަށް ހުރަސް އަޅާނެއެވެ.
[ބޮޑުމަންމާ، އެނގޭތަ މިރޭ އަހަރެންގެ މަންމަގެ ކާއެއްޗެއްސަށް ކޮންމެވެސް މީހަކު ޒަހަރުލާފައި ހުރެގެން މަންމައަށް އެ ކެވުނުކަން. މަންމަ އޮތީ ހޮސްޕިޓަލްގައި. މިގެއަށް ވަދެ ނުކުމެ އެބައުޅޭ، އަހަރެމެންގެ ޢާއިލާގެ ދުޝްމަނުންތަކެއް.] ނަޝާ ނުހަނު އޯގާތެރިކަމާއެކު ނާޒިމާގެ ފައިވެސް މޮޑެދޭން ފެށިއެވެ. ޝާޢިރާގެ ރޭވުން ކޮންމެ ގޮތަކަށް ހުއްޓަސް، ނަޝާގެ އޯގާތެރިކަން ލިބުމުން ނާޒިމާގެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިވިއެވެ.
ޝާޢިރާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ، ޖެހިގެން އައި ދުވަހު ހެނދުނު ޑޮކްޓަރ ބެލުމަށްފަހުގައެވެ.
މިއަދަކީވެސް ނާޒިމާގެ ކޮޓަރީގައި ތިބެގެން އަލިތައްޚާނުމެން ކިޔެވެލި ކިޔަވަން ހަމަޖެހިފައިވާ ދުވަހެކެވެ. އަލިތައްޚާނު ބުނެފައިވަނީ މިއަދު ކުރެވޭ މަސައްކަތުންވެސް ނާޒިމާގެ ޙާލަތު ވަރަށްބޮޑުތަން ރަނގަޅުވާނެ ކަމަށެވެ. ހަމަގައިމުވެސް އެއީ ޝާޢިރާއަށް ލިބުނު ބިރުވެރި އިންޒާރެކެވެ. ޝާޢިރާއަށް އެކަންޏެއް ނޫނެވެ. ނާއިޝަށްވެސް އޭގެ އަސަރު ކުރާނެއެވެ.
[އެކޮޅުން ބައްޕައަށް ބޭސްކުރި ޑޮކްޓަރ ދިން ސިޓީއުރަ ކޮބައިތަ؟] މެންދުރު ކާން ތިބެފައި ނާއިލް، ނާއިޝް ގާތު އެއްސެވެ.
[ނަޝާގެ ފޮށްޓަށްލީ. ނަޝާދޭބަލަ އެސިޓީއުރަ ހިފައިގެން އަންނަން. އެސިޓީއުރަ އޮތީވެސް ބަންދުކޮށްފައި.] ނާއިޝް މިހެން ބުނީމާ، ނަޝާ ތެދުވެގެން ހިނގައިގެންފިއެވެ. އޭރު އެތަނުގައި ޝާޢިރާވެސް ކާން އިނެވެ.
ޝާޢިރާގެ ސިއްރު ބައިވެރިޔާ މުޙްސިން އެތަނަށް އައިސް ވަނީ އެވަގުތެވެ.
[މުޙްސިން އާދޭ ކާން. ފަހަކަށް އައިސް މުޙްސިން ފެންނަނީ ވަރަށް މަދުން. އަނެއްކާ މިހާރު މާލޭގައި ނޫޅެނީތަ؟] މުޙްސިން ފެނުމުން، ފުރަތަމަ ވާހަކަ ދައްކައި ކެއުމަށް ދަޢުވަތު ދިނީ އިލްޔާސެވެ.
[ނޫނޭ ހަމަ މާލޭގައި އުޅެނީ. މަސައްކަތުގައި ތަންކޮޅެއް ބުރަކޮށް އުޅޭތީ ނާދެވެނީ.] ކާން އިށީންނަމުން މުޙްސިން ބުންޏެވެ. އެވަގުތު ނަޝާ ސިޓީއުރަ ގެނެސް ނާއިލް އަތަށް ދިނެވެ. ނާއިލް ވަގުތުން ސިޓީއުރަ ކަނޑާލުމަށްފަހު، ރިޕޯޓްތައް ކިޔަން ފެށިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އެރިޕޯޓްތަކުން އޭނާގެ ހިތުގައި ތަފާތު އެތައް ސުވާލުތަކެއް އުފައްދައިފިއެވެ.
އެރިޕޯޓް ބުނާގޮތުން، އޭނާގެ ބައްޕައަކަށް އެއޮޕަރޭޝަނަށްފަހު ނޫނީ ދަރިންނެއް ނުލިބޭނެއެވެ. ވުމާއެކު، ވަގުތުން އޭނާވެސް މާޔޫސްވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ ބައްޕަ އެކްސިޑެންޓިވ ތާރީޚު ހޯދާށެވެ. އެހެން ނޫނީ އޭނާއަށް ސީދާ އޭނާއާމެދުވެސް އިތުބާރެއް ނުކުރެވޭނެއެވެ.
[ބައްޕާ، ބައްޕަ ސަފާރީވަތަށް ވެއްޓި އެކްސިޑެންޓްވި ތާރީޚް ހަނދާން އެބަހުރިތަ؟] ރިޕޯޓަށް ބަލަން ހުރެފައި ނާއިލް އެއްސެވެ.
[އާނ ހަނދާން އެބަހުރި. އޭރު ދަރިފުޅުގެ ޢުމުރުން ދެތިން އަހަރުވެސް ނުވާނެ. އޭގެފަހުން ދަރިފުޅުގެ މަންމަ ބަލިވީވެސް.] އިލްޔާސް ބުންޏެވެ. ނާއިލަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ޝާޢިރާގެ މޫނަށެވެ. ޝާޢިރާގެ މޫނުމަތިން އެއްވެސް ހާސްކަމެއް، ނުތަނަވަސްކަމެއް ފާޅެއްނުވެއެވެ.
[ދަރިފުޅު ތިސުވާލުކުރީ ކީއްވެތަ؟ ޑޮކްޓަރ ބުންޏޭ، އޮޕަރޭޝަން ކުރަންޖެހޭނެ ކަމަށް. މިއޮއްހާ ދުވަސް ވަންދެން ފަރުވާކުޑަކޮށްލައިގެން ބައްޕައަށް އުޅެވުނީ.] އިލްޔާސް ބުންޏެވެ.
[ވަރަށް އަވަހަށް މިއޮޕަރޭޝަނަށް ބައްޕަ ދާންވާނެ. ބައްޕާ....މިހާރު ޔޫސުފްބެ ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާތާވެސް ލައްކަ ދުވަސްވީނު. އަހަންނަށް ފެންނަނީ ޔޫސުފްބެއަށްވެސް ފަންޑިތަ ހައްދަން މާލެ ގެންނަން. އެގޮތަށް އަބަދު ބީރައްޓެހި ބައެއްގެ ކައިރީގައި ހުންނަން ޖެހުމުން، ޔޫސުފްބެ ވަރަށް ހިތްދަތިވެސްވާނެ.] ރިޕޯޓް ސިޓީއުރައަށްލަމުން ނާއިލް ބުންޏެވެ.
[މައްސަލައެއް ނެތް. ބައްޕައަށްވެސް ފެންނަނީ ޔޫސުފް މާލެ ގެނެސް ފަންޑިތަ ހައްދަން. އެއް ކަންތައްގަނޑެއްކަންނޭނގެ އެދެބެންނަށް ލައިގަނެގެން އުޅެނީ...] އިލްޔާސް ބުންޏެވެ.
ޔޫސުފް ރަށަށް ގެންނަން ވާހަކަ ނާއިލް ދެއްކުން ވެގެންދިޔައީ، އަނެއްކާވެސް ޝާޢިރާއަށް ކުރިމަތިވި ނުރައްކަލުގެ ސިގްނަލަކަށެވެ.
[ޝާޢިރާ....ޔޫސުފްގެ ކޮޓަރި ސާފުކުރުވާތި. އަހަރެން މާދަމާ ޔޫސުފް ބަލާ އިންޑިޔާއަށް މީހަކު ފޮނުވާނަން.] ސައިބޮއި ނިންމާލުމަށްފަހު ތެދުވަމުން އިލްޔާސް ބުންޏެވެ.
[އެންމެ ރަނގަޅު. އެކަމަކު އިލްޔާސް، ނާޒިމާ މުޅިން ރަނގަޅު ވަންދެން ޔޫސުފް ބޭރުގައި ބެހެއްޓުމެއް ނޫންތަ ރަނގަޅީ. ވާނެގޮތަކީ ދެބެން އެއްހާލެއްގައި އުޅޭ މަންޒަރު، ދެބެން ދެބެންނަށް ފެނުނީމާ، ވަރަށް ބޮޑަށް ހިތްދަތިވާނެ.] ޝާޢިރާ ބުންޏެވެ.
[މިހާރަށްވުރެން ވަކި ހިތްދައްޗެއް ނުވާނެ. އެންމެ ބުއްދިވެރި ގޮތަކީ ޔޫސުފްވެސް ގެނެސް ފަރުވާއަށް ފެށުން.] ޝާޢިރާގެ ވާހަކައަކަށް އެއްވެސް މީހެއްގެ ތާއީދެއް ނުލިބުނެވެ. ވުމާއެކު ޝާޢިރާއަށް މަޖުބޫރުވީ ކޮޓަރި ސާފުކުރަން ބަޔަކާ ޙަވާލުކުރުމަށްޓަކައި އެތަނުން ނުކުމެގެންދާށެވެ. ޝާޢިރާގެ ފަހަތުން ކަހަލަ ގޮތަކަށް މުޙްސިންވެސް ދިޔައެވެ.
[ޝާޢިރާ....މަޑުކޮށްބަލަ....] މުޙްސިން ޝާޢިރާގެ ފަހަތުން ގޮސް ވައިއަޑުން ޝާޢިރާއަށް ގޮވިއެވެ. ޝާޢިރާ ހުއްޓުނެވެ.
[ކިހިނެއްވީ؟ މުޙްސިން އަހަރެން މުޅިން މާޔޫސްވެއްޖެ. މުޙްސިނަކަށްވެސް އަހަރެމެން ސަލާމަތްކުރާކަށް އެއްވެސް ކަމެއް ނުކުރެވޭ. މުޙްސިން އަހަރެން ދެން ކިހިނެއްތަ ހަދާނީ...] ޝާޢިރާ ދެއަތަކަށް ބޯހޫރާލިއެވެ.
[ޝާޢިރާ އެކަންޏެއް ނޫން. އަހަރެންވެސް ވަރަށް ބޮޑަށް މާޔޫސްވެއްޖެ. ޔޫސުފް ރަނގަޅު ވެއްޖެއްޔާ، އަހަރެމެނަށް މާބޮޑަށްވެސް ނުރައްކާވާނެ. ގާތްގަނޑަކަށް އަހަރެމެންގެ ހުރިހާ ކަމެއްހެން ޔޫސުފަށް ވަނީ އެނގިފައި. އެހެނެއް ނުވާނެ، އަހަރެން ޔޫސުފަށް އެފުރްޞަތެއް ނުދޭނަން. ފައިސާ ހުރިއްޔާ، އަހަރެން އޭނާގެ ދުވަސް ދުއްވާލާނަން...] މުޙްސިން މިހެން ބުނި ވަގުތު އޭނާގެ ފަހަތުގައި ނާއިޝްވެސް ހުއްޓެވެ.
[އަހަރެންވެސް އެބަހުރިން. މަންމަގެ އުފާތަކަށް ހުރަސް އެޅިގެންދާކަށް އަހަރެންވެސް ފުރްޞަތެއް ނުދޭނަން.] ނާއިޝް މަންމަމެނާ އަރާހަމަކުރަމުން ބުންޏެވެ.
އެވަގުތެވެ. ނާއިލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ މިހާރު ވިސްނަމުން އެދަނީ ޝާޢިރާ މަންމަގެ ތެދުވެރިކަމާއި ވަފާތެރިކަން ހުރި މިންވަރާ މެދުގައެވެ.
[ނާއިލް....ހާދަ ފިކުރުބޮޑުވެފައި....] ނާއިލް ފިކުރުބޮޑުވެފައި ހުއްޓާ، އެތަނަށް އައިސް ހުއްޓެމުން ޒޭނާ ވާހަކަ ދެއްކިއެވެ. ޒޭނާގެ އަތުގައި އޮތް މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ. ގުޅީ އޭނާގެ މަންމަ ޒާހިދާއެވެ.
ޒާހިދާ އެދުނީ ކިޔަވަން އެއްވެސްތާކަށް ނުދާނަމަ، ވީހާވެސް އަވަހަކަށް ރަށަށް އައުމަށެވެ. ޒާހިދާވެސް ހިސާބަކަށް ބަލިވެ އުޅޭތީއާ އެކުގައެވެ. ވުމާއެކު، ވަގުތުން ޒޭނާ އެޚަބަރު ލޯބިވެރިޔާއަށް ދިނެވެ.
[ރަށަށް އަންނާށޭ! އޭރުންނޯ؟.] ނާއިލް ވަރަށް ކަންބޮޑުވިއެވެ.
[އެންމެ ރަނގަޅު. ޒޭނާއާއެކު އަހަރެންވެސް ތިރަށަށް ދަންތަ؟ ދޮގެއް އަހަރެން ޒޭނާ ބަލާ ދާނަން. އެހެން ނޫނީ ޒޭނާ ގޮސް މަންމަ ގޮވައިގެން އާދޭ.] ނާއިލް ޒޭނާގެ އަތުގައި ހިފައި، އޭނާއާ ކައިރިކޮށްލިއެވެ.
އެއީ ޝާޢިރާ އައިސް އެތަނަށް ވަން ވަގުތެވެ. ޝާޢިރާ ފެނުމާއެކު، ޒޭނާއަށް ލިބުނު ސިހުމާއެކު، އޭނާ ނާއިލާ ދުރަށް ޖެހިލިއެވެ. ޝާޢިރާ ފެނުމުން ނާއިލަށްވެސް ބޮޑު ޝޮކެއް ލިބުނެވެ.
ޝާޢިރާ އެދިޔަގޮތަށް ގޮސް ވަނީ ނާޒިމާ އޮންނަ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ގޮސް ނާއިލާއި ޒޭނާވެސް އެތަނަށް ވަނެވެ. އެހެންވެ އެވަގުތު ޝާޢިރާ އެތަނަށް ވަން މަޤްޞަދު ޙާޞިލްވާ ގޮތެއް ނުވިއެވެ. ޙަޤީޤަތުގައި އޭނާ އެތަނަށް ވަނީ މުޙްސިން ޙަވާލުކުރި ތަވީދެއް އެކޮޓަރިތެރެއަށްލުމުގެ މަޤްޞަދުގައެވެ.
[ދަރިފުޅާ، ނާއިލް ކުޑަމަންމަ މިއައީ ނާޒިމާއަށް ބޭސްދިންތޯ ބަލަން. ޒޭނާ ބޭސް ދިނިންތަ؟] ޝާޢިރާ އޭނާގެ އަތުގައި އޮތް ތަވީދު މުށުތެރެއަށްލަމުން ވާހަކަ ދެއްކިއެވެ.
[މިހާރު ޑޮކްޓަރީ ބޭސް ނުދޭން އަންގާފައި އޮތީމާ، އަހަރެން މިހާރު އެއްވެސް ބޭހެއް ނުދެން.] ޒޭނާ ޝާޢިރާއަށް ޖަވާބު ދިނެވެ.
[އެހެންދޯވީ....އަހަރެން ހަނދާން ނެތުނިއްޔޭ.....] ޝާއިރާ މިހެން ބުނެފައި ހިނގައިގަތެވެ. ނަމަވެސް، އެވަގުތު ނާއިލް އޭނާއަށް ގޮވައި އޭނާ ހުއްޓުވިއެވެ.
[ކުޑަމަންމާ...ޒޭނާ އެބަޖެހެޔޯ ރަށަށްދާން. ޒޭނާގެ މަންމަ ބަލިވެގެން ގުޅައިފި. އެހެންވީމާ، ޒޭނާ އަންނަންދެން މަންމަގެ ކަންތައް ބަލަހައްޓައިދޭނެ މީހަކު ބޭނުންވާނެ. ވަރަށް ފަރުވާތެރި މީހަކަށް މަންމަގެ ކަންތައް ބެލެހެއްޓޭނީ.] ނާއިލް ބުންޏެވެ.
[އެހެންތަ މައްސަލައެއް ނެތް. ކުޑަމަންމަ އެހެން މީހަކާ ތިކަން ޙަވާލުކުރާނަން. ޒޭނާ ރަށަށް ދަނީ ކިހާ ދުވަހަކަށްތަ؟] ޝާޢިރާ ހިސާބަކަށް ހިތްހަމަޖެހިފައި ހުރެ އެއްސެވެ.
[އަހަރެން ރަށަށް ދިޔައީމަ އެނގޭނީ. ފަހަރެއްގައި މަންމަ އަލުން ނުފޮނުވަވެސްފާނެ. ޙަޤީޤަތުގައި މަންމަ އަހަރެން މާލެ ފޮނުވި މަޤްޞަދެއްވެސް ޙާޞިލެއްވީކީއެއް ނޫން. މަންމަ ވަރަށް ހިތްހަމަނުޖެހިފައި ހުރީވެސް. އެކަމަކުވެސް އަހަރެން މަސައްކަތް ކުރާނަން އާދެވޭތޯ.] ޒޭނާ ބުންޏެވެ. ޙަޤީޤަތުގައި ޒޭނާ މިހާރު ނާއިލާ ދުރަށްދާހިތެއް ނުވެއެވެ.
އޭނާގެ ހިތް އެދެނީ އަބަދުވެސް ނާއިލް ފެންނަ ހިސާބުގައި ހުރުމަށެވެ. އެހެން ނަމަވެސް، ބައްޕައެއްގެ ލޯތްބާނުލާ އޭނާ ބަލައި ބޮޑުކުރި ލޮބުވެތި މަންމަގެ ޙައްޤުގައި މިއަދު އޭނާއަށް މިވަނީ ދުވަސްކޮޅަކަށް ނަމަވެސް ލޯބިވާ ބައިވެރިޔާއާ ދުރަށްދާން ޖެހިފައެވެ.
[ފަރުވާތެރި މީހަކު އަހަރެން ހަމަޖައްސާނަން. ޒޭނާ ފުރަނީ ކޮންދުވަހަކުތަ؟] ޒޭނާ ފުރާ ޚަބަރަކީ ޝާޢިރާއަށް ލިބުނު ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެކެވެ.
ދެން އެކޮޓަރިއަށް ކަނޑައަޅާ މީހެއްގެ އެހީތެރިކަމާއެކު، އޭނާއަށް ކޮންމެވެސްވަރެއްގެ ކާމިޔާބެއް ހޯދިދާނެ ކަމަށް އޭނާއަށް ވިސްނުނީއެވެ.
ޒޭނާ، އޭނާގެ އުފަން ރަށަށް ފުރައިގެން ދިޔައީ، ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތުއެވެ. ވަކިވުމުގެ ކުރިން ޒޭނާއާއި ނާއިލް، އެތައް ވަޢުދުތަކަކާއި ޢަހުދުތަކެއްވިއެވެ.
ޒޭނާ ފުރައިގެން ދިޔުމުން، ޒޭނާގެ ބަދަލުގައި ނާޒިމާގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޝާޢިރާ ގެނައީ، އޭނާއަށް އިތުބާރު ހިފޭ، އޭނާއަށް ވަފާތެރިވާނޭ އަންހެނެކެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ނާއިލާއި ޢައިޝާގެ ކައިވެނީގެ ވާހަކަ އިލްޔާސް ދެއްކީ އެދުވަހުގެރޭގެ ވަގުތެއްގައެވެ.
[ދަރިފުޅާ ނާއިލް، މިހާރު ބައްޕައަށް ހީވަނީ ކައިވެނީގެ ކަންތައް މާލަސްވެއްޖެހެން. ޢައިޝާގެ ބައްޕަ އިއްޔެގައިވެސް ކައިވެންޏާ ބެހޭގޮތުން މަޝްވަރާކުރި.] އިލްޔާސް، ނާއިލް އޭނާގެ ކޮޓަރިއަށް ގެނެސް ވާހަކަ ދެއްކިއެވެ.
[ބައްޕާ....އަހަރެން ބުނީމެއްނުންތަ....ކައިވެނި ކުރެވޭނީ މަންމަ ރަނގަޅުވީމައޭ. އަލިތައްޚާނުބެ އެވަނީ މަންމަގެ ޙާލަތާމެދު ފޮނި އުއްމީދުތަކެއް އާކޮށްދީފައި....ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާނީ އަދި ތަންކޮޅެއް ފަހުން.] ނާއިލް ބުންޏެވެ.
[މިހާރު އަލިތައްޚާނުގެ މަސައްކަތް ކުރިއަށް އޮތީ ކިހިނެއް. އޭނަ ގާތު ބުނެބަލަ، ތަންކޮޅެއް ގިނަވަގުތު އެމަސައްކަތުގައި ހޭދަކޮށްގެންވިޔަސް، މަންމަ ރަނގަޅު ކުރެވޭތޯ ބަލާބަލާށޭ.] އިލްޔާސް ބުންޏެވެ.
[މާދަމާއިން ފެށިގެން މަސައްކަތް އަލުން ކުރިއަށް ގެންދާނެ ވާހަކަ ބުނެފައި އޮތީވެސް. މިހާރުވެސް އޭނާ، އޭނާގެ ގޭގައި ހުރެގެން މަސައްކަތް ކުރަމުންދޭ. މާދަމާގެ މަސައްކަތުން ފަހަރެއްގައި މަންމައަށް ވާހަކަ ދެއްކިދާނެ ކަމަށްވެސް އޭނާ ބުނި.] ނާއިލަށް މިހެން ބުނެވުނު ވަގުތަކީ ޝާޢިރާ އައިސް އެތަނަށް ވަން ވަގުތެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު