އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ ބޮޑެތި ކުށްވެރިން ދޫކުރުމަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ޝިފާޒު ވިދާޅުވީ، ބޮޑެތި ކުށްވެރިން ދޫކުރުމަށް ސިޔާސީ ނުފޫޒު އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އެފަދަ ނުފޫޒުތަކަށް ބޯ ނުލަބާނެ ކަމަށާއި، އެ ޖާގަ ނުދެއްވާނެ ކަަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ ހޯމް މިނިސްޓަރު އެ މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ސަރުކާރުން ތިބީ ނުފޫޒު ތަކަށް ކުށްވެރިން ދޫކުރާގޮތަށް ނޫން ކަމަށެވެ.

"ސިޔާސީ ނުފޫޒު އެ އަންނަނީ ކޮން ފަރާތަކުންތޯ އެ ސުވާލު އުފައްދާނެ، ހަތަރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް ސަރުކާރެެއްމީ. އެހެންވީމަ އެއީ ކޮން ދިމާލަކުން އަންނަ ކޮންކަހަލަ ނުފޫޒެއްތޯ ހަމަ ގައިމު ވެސް އަޅުގަނޑު ސުވާލު އުފައްދައިގެން ބަލަން ވެސް ބޭނުންކަމެއް ނޫން. އަޅުގަނޑުމެން އެކުލަވާލައިފައިވާ ސަރުކާރެއްމީ، ގައިމު އަޅުގަނޑު ހަމަ ޔަގީން ކަށަވަރު ރައީސުލްޖުމުހޫރިއްޔާ އެފަދަ ކަންކަމަށް ހިތްވަރެއް ނުދެއްވާނެކަން." ޝިފާޒް ވިދާޅުވިއެެވެ.

ބޮޑެތި ކުށްވެރިން މިނިވަން ކުރުމާއި ލުއި ދިނުމުގައި ސަރުކާރުގެ ތެރެއިން ބަޔަކު ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ ވާހަކައަކީ މީގެކުރިންވެސް ދެކެވިފައިވާ ވާހަކައެކެވެ. އޭރު އެތުހުމަތު ކުރެވުނީ ރައީސް އޮފީހުގައި އިންނަވާ ބޭފުޅަކަށް ކަމަށް ވިޔަސް އެކަން ސަރުކާރުން އޭރު ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން