ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި އެވެ.

ކުޅުދުއްފުށީ ސިޓީއަށް ރައީސް ސޯލިހުގެ ދެކަނބަލުން މިއަދު ހަވީރު ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.

ރައީސްގެ ދެކަބަނލުން މިއަދު އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާ ގޮތަށް ވަނީ ހަމަޖެހިފައެެވެ. އަދި، އެ ސިޓީ ބައެއް އެހެން ތަންތަނަށް ވެސް ރައީސް ސޯލިހު ޒިޔާރަތް ކުރަައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރަމުން ގެންދާ ހޮސްޕިޓަލެއް ކަން ފާހަގަކޮށްލެވެއެވެެ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ އެ ރަށް ސިޓީއަކަށް ބަދަލުކުރި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަން ފާހަގަކޮށްލެވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ ގެ އިތުރުން އެ އަތޮޅު ހަނިމާދޫ އާއި ކުމުންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން