އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ސަރަހައްދުން ދޫކޮށްފައިވާ 40 ގޯތި ނަގަން ސިޓީ ކައުންސިލުން ނިއްމި ނިއްމުމަކީ ވަރަށް ހުދުމުހުތާރު ނިއްމުމެއް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް އަނބުރާ ކައުންސިލަށް ނަގަން ސިޓީ ކައުންސިލުން ވަނީ ނިއްމާފައެވެ. އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ކުރުމުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ކަމަށާއި، އެހެންނަމަވެސް ސިޓީކައުންސިލްތަކާއި ކައުންސިލްތަކަށް ދިން ބާރުތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީކައުންސިލްގެ ވޯޓަކުން ހޮސްޕިޓަލު ހުންނަ ސަރަހައްދުން ދީފައިވާ 40 ގޯތި ނަގަން ނިއްމުމަކީ ވަރަށް ޚުދުމުހުތާރު ނިއްމުމެއް ކަމަށް ޝަރީފު ވިދާޅުވިއެެވެ.

"ލާމަރުމަޒީ ކުރުމުގެ މާނައެއް ނޫން އެއްދުވަހު އިރުއަރައިގަތްތަނުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި ރައްޔިތުންގެ މުދަލަށް އަރައިގަތުން. ވޯޓަކުން ހޮވޭ ކޮންމެ މީހަކު ވެސް ރައްޔިތުންގެ މައްޗަށް ބާރުފޯރުވަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން." ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ކުރެވުުނުއިރު ރައްޔިތުން އިސްނުކޮށް އިސްކުރަނީ ޕާޓީ ކަމަށާއި، އިސްކުރަނީ ދާއިރާތަކަށް ވާދަކުރާ މީހުންގެ އަމިއްލަ މަސްލަހަތު ކަމަށެވެ. ލާމަރުމަޒީ ކުރެވުނުފަހުން މިވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި 9 އިސްލާހެއް ގާނޫނަށް ގެނެސްފައިވާ ކަމަށް ޝަރީފު ފާހަގަކުރެއްވިއެެވެ. އެހެންނަމަވެސް ރަށްތަކުން ފެންނަނީ، ގާނޫނީ ބާރުގެ ތެރެއިން ހަމަހަމަކަން ގެއްލިފައިވާ ތަން ކަމަށް ޝަރީފު ވިދާޅުވިއެވެެ.



"11 އަހަރު ވެ ނުވަ އިސްލާހު ގެނެވުނުއިރު ނިޒާމްގެ ފޮނިމީރުކަން އެއްވެސް މިންވަރަކަށް ލިބިފައިވޭތޯ ބެލުމަށް އެއްވެސް ސިފައެއްގައި ދިރާސާ އެއް ހެދިފައެއް ނެތް." ޝަރީފު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެންވާ ބިންތައް ނެގިކަމަށް ބުނާ ވާހަކައަކީ މާނަ އޮޅޭ ގޮތަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެ ބިންތައް ހިތަދޫގައި މިވަގުތު ބިންތައް ދެވެން އޮތް އެންމެ ރަނގަޅު ހިސާބަށް ބަދަލުކުރީ ކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވިއެވެ. އެ ހޮސްޕިޓަލަކީ އެކި ރަށްރަށުން ގިނަ ބަޔަކު އަންނަ ތަނަކަށްވުމުން އެތަނުގެ ކައިރީގައި މީހުން ދިރިއުޅޭ ގެތައް ހުރުން ރައްކާތެރި ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


12

އަލީ

21-Jul-2021

އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ނިއުކުލިއަރ ޕްލާންޓެއް ހުރިސަރަޙައްދެއްތޯ ނިޒާރު? ޢަޖައިބު ވެދާނެ ނޫންތަ. މާލޭގައިވެސް ހޮސްޕިޓާ ހުރި ސަރަޙައްދާއި ވަރަަށްކައިރީގައި ގެތަށް ހުރޭ... އެތަންތަން ނަގަންވެސް އަންގާތި މިފަހަރު މުއިއްޒަށް.



ޓްރެންޑިން