ހއ. އަތޮޅުގައި ކުރީގެ ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އައިހެވަން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފިއެެވެ.
އައިހެވަންއަކީ، އިހަވަންދިއްޕޮޅު ޖޯގްރަފީގޮތުން އޮންނަ ސަރަހައްދު ކެޕިޓަލައިޒްކޮށް، ހިންގުމަށް ކުރީގެ ސަރުކާރުން އިއުލާންކުރި އިންޓަގްރޭޓެޑް ޕްރޮޖެކްޓެކެވެ. އެ މަޝްރޫގެ ދަށުން ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓް ތަރައްގީކުރުމަށް ވަނީ ނިއްމާފައެވެ. އައިހެވަން މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް ވެސް ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން ޕްލޭންކުރިއެވެ.
ޕީޕިއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އައިހެވަން ޕްރޮޖެކްޓަކީ ހަމައެކަނި އުތުރަށް އަންނަ ތަރައްގީ އެއް ނޫން ކަމަށެވެ. އަދި އުތުރަށް ބާއްވަންވީ ކޮޗިންގެ ދަބަރު ފެރީއެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެ ޕްރޮޖެކްޓަކީ ދައުލަތުގެ އާމްދަނީ އެތަށް ގުނައަކަށް އިތުރުކުރާނެ ޕްރޮޖެކްޓެއް، ރައީސް ޔާމިންގެ މި މުހިންމު ވިޝަން ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ގޮވާލަން." ޝިޔާމް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު އޮންނަނީ އިރުދެކުނު އޭޝިއާއާއި ހުޅަނގާ ގުޅުވައިދޭ މައި ޝިޕިންގް ރޫޓު ކަމުގައިވާ، އަށް ޑިގްރީ ކަނޑުއޮޅި (އެއިޓް ޑިގްރީ ޗެނަލް)ގައެވެ. މިމަގު ހުރަސްކޮށް ކޮންމެ އަހަރަކުވެސް މުދަލާއެކު 18 ޓްރިލިއަނެއްހާ ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެެ.

ކިޔުންތެރިންގެ ހިޔާލު