ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލަށް ސަރުކާރުން ތާޢީދުނުކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިކަން ހާމަކުރެއްވީ، އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އިނގިރޭސިބަހުން ރައީސް ނަޝީދު ނެރުއްވި މި ބަޔާނުގައި ވަރަށް ގިނަ ކަންކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން 2018 ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައީ ބޮޑު ތާއީދަކާއެކުކަމަށާއި، އަދި އެމްޑީޕީއަށް ތާއީދުކުރި މީހުންނަކީ އިސްލާމްދީނުގެ މެދުމިނުގެ ފިކުރަށް ތާއީދުކުރާ މީހުންކަން ފާހަގަކުރަށްވާފައި ވެއެވެ. އަދި އެމްޑީޕީއަށް ވޯޓްދިން މީހުންނަކީ އެއްވެސް ވަރަކަށް ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލަށް ސަރުކާރުން ތާޢީދުނުކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއިރު، ރައީސް ޞާލިހާއެކު ސިޔާސީގޮތުން ދެން މަސައްކަތް ނުކުރެއްވޭނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްއާއެކު އިއްތިހާދު ވުމަކީ އެމްޑީޕީއަށް އެންމެ މޮޅު ގޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން