ފޮޓޯ: ޕީއެސްއެމް ނިއުސް، ފޮރިން މިނިސްޓްރީ
ފޮޓޯ: ޕީއެސްއެމް ނިއުސް، ފޮރިން މިނިސްޓްރީ
އިނގިރޭސި ވިލާތަށް ދިއުމަށް ވިސާ ދޫލުރާ ވަގުތީ މަރުކަޒެއް މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަންނަ އޯގްސްޓު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުވާ މި ސެންޓަރަކީ ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ހަމަޖައްސާފައިވާ ފުރުސަތެކެވެ.



ޔޫކޭގެ ވިސާއަށް އެޕްލައި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ދީފައިވާ ލިންކު މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މިއީ ކޮންމެ އަހަރަކު ފޮރިން މިނިސްޓްރީއާއި ބްރިޓިޝް ހައި ކޮމިޝަން ގުޅިގެން ޔޫކޭއަށް ދާ ދަރިވަރުންނަށް ލުއި ގޮތަކަށް އެގައުމަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިހެން ކުރެވޭ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން