އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އީދު ބަންދާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް 21 ޖުލައި 2021 އަދި 27 ޖުލައި 2021، މި ދެދުވަހު، ހެނދުނު 9:00 އިން ހަވީރު 4:00 އަށް އެފަދަ ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.



އެގޮތުން އެދުވަސް ތަކުގައި ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ނަން ރިޒާރވް ކުރުމާއި، ވިޔަފާރި ނަން ރަޖިސްޓްރީ ކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި، ކުންފުނި ރަޖިސްޓްރީ ކުރުމާއި، ޕްރޮފައިލް ޝީޓް ދޫކުރުން އަދި ސީލް ރަޖިސްޓްރީ ކުރުން ހިމެނޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އީދާއި ގުޅިގެން އަންނަ ބަންދާއި މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދު ދުވަސްތައް ދަންމާލާފައި ވާއިރު ދެން ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން