ސަރުކާރު ހިންގާ މައިޕާޓީ, އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެރިކަމުގެ "ދަހިވެތިކަމުގެ މަޅީގައި ބަނދެވެމުންދާ ކަމަށް" ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު، ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ނަފުރަތުގެ ބިލަށް ސަރުކާރުން ތާއިދު ނުކުރާނަމަ މި ސަރުކާރަށް ތާއިދު ކުރެއްވެން ނެތް ކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވަނީ ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މޫސަ ވިދާޅުވީ، އެމްޑީޕީ އުފެދުނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ގޮތަށް ގައުމު ހިންގުމަށް ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް ޕާޓީގެ ވެރިކަން ބަޣާވާތްކޮށް ވައްޓާލުމުގެ މޭސްތިރިއަކަށް ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެވަޑައިގަތުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެެ.



" މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީވެސް ކުރިން ވެރިކަން ކުރި ބަޔެއްގެ ކަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަފަދަ އަނިޔާވެރި މަޅީގައި މަނިކުފާނު ޖެހިގެންނެވެ. މިއަދު އެފަދަ ރޭވުމެއްގައި ،ވެރިކަމުގެ ދަހިވެތި މަޅީގައި މަނިކުފާނު ތިދަނީ ބަނދެވެމުންނެެވެ." ރީކޯ މޫސަގެ ސިޓީގައިވެއެވެ.

މީގެ އިތުރުން މޫސަގެ ސިޓީގައި ވިދާޅުވީ، ރާއްޖެއަަކީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވާއިރު، ސިޔާސީ ބޭނުމަށްޓަކައި އެމްޑީޕީގެ ޚަތުރުން ކިތަންމެ ވަރަކަށް "ލާދީނީއޭ" ގޮވި ނަމަވެސް އީމާންތެރިކަމާއި އަގީދާ ބަލިކަށިނުވާނެ ކަމަށެވެ. އެކަން މާތް ﷲ ދެނެވޮޑިގަންނަވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ރައްޔިތުންގެ މެދުގައި ތިޔަ ގާނޫނާއި މެދު (ނަފުރަތު ބިލާމެދު) ހާސްކަން އޮތްއިރު އެކަމެއް އަޑުއަހާ އެކަމަށް އިޖާބަ ދެއްވާށެވެ."! މޫސަގެ ސިޓީ ނިއްމާލަމުން ވިދާޅުވިއެވެެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިއަދު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ހަވަރަށް ދިނުމަށް ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

"‏އެއްވެސް ބަހަނާއެއް ހުއްޖަތެއް ދައްކާފައި ދެވަނަފަހަރަށް އެމްޑީޕީއަށް ލިބިފައިވާ ވެރިކަން ބަޣާވާތްކޮށްވައްޓާލާ ރައީސް ސޯލިހު ހަވަރަށްދިނުމަށް ކުރާމަސައްކަތަށް ޖާގައެއް ނުދެވޭނެ." މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން