ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒަކީ އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވާހަކަދައްކަވައިފިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިޓިކަލް އެފެއާޒް މިނިސްޓަރުކަމަށެވެ. އަދި އޭނާއަކީ ޕާޓީއާއި، ރައްޔިތުންގެ މަޖިލިސް ސަރުކާރާއި ގުޅުވައިދޭ ކޯރޑިނޭޝަންގެ މަސްއޫލިއްޔަތު އެޅިފައިވާ ބޭފުޅާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އޭނާއަކީ ފަހަރުގައި އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ސަރުކާރާއި އެމްޑީޕީއާ ގުޅުވައިދޭ ފޯކަލް ޕޮއިންޓަކަށް ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒަކީ މަގާމަށް އެކަށީގެންނުވާ ބޭފުޅެއްކަމަށް ދޭހަވާފަދަ ގޮތަކަށް ޝަރީފް ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދާނެކަމުގެ އިންޒާރު ސަރުކާރަށް ދެއްވާފައެވެ. އެގޮތުން ނަފްރަތުގެ ބިލަށް ސަރުކާރުން ތާއީދު ނުކުރަންޏާ ސަރުކާރަށް ތާއީދުނުކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހުގެ ސިޔާސީ ގުޅުން ގާތްގަނޑަކަށް ކެނޑިފައިވާއިރު، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ މި ޚިޔާލުފުޅާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރުގަދަ ބަހުސެއް ފެށީފައިވާއިރު، އެމްޑީޕީން ރަސްމީ ސިފައެއްގައި މިކަމާއި ގުޅޭގޮތުން އަދި ވާހަކައެއް ނުދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސިއްޕެބުރޯ

21-Jul-2021

ބަނގު އާވި ބއެގެން ރާކިސްވެފަ އަބދު ހުންނަ މީހުން ތިޔަ މަގާމަށް ކަމުދާނީ. އެހެންވެ ޝަރިފްވެސް ތިޔަ ޕާތީގައި ތިޔަ ހުންނަވަނީ ހަމަ މަގާމް ބޭނުންވެގެން.



ޓްރެންޑިން