މަރާލާފައިވާ ވަނިކޮށް ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް ފުރުވާލީ މި ޖުލައިމަހުގެ 5 ވަނަ ދުވަހު ހެނދުނު 10:15ގައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ފުލުހުން މިރޭ ބުނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަޙުޤީޤު ފުރިހަމަކޮށް ދަޢުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އަހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު