ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ހުދުމުހުތާރު ބޭފުޅެއްކަމަށާއި، އެފަދަ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ކަމުނުދާނޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ޑރ. އިޔާޒު ވިދާޅުވީ، ބަންޑާރަ ނައިބު ހުށަހެޅުއްވި ނަފްރަތުގެ ބިލާއި ދެކޮޅަށް 123 ކައުންސިލާއި، 100 އަށްވުރެގިނަ ޖަމިއްޔާއާއި، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ އިތުރުން، ދިވެހި ގިނަ ރައްޔިތުން ދެކޮޅުކަން ހާމަކޮށްފައިވާކަމަށެވެ. ނަމަވެސް އެހުރިހާ އެންމެންނަކީ ޓެރަރިސްޓުންގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވުމުން އެނގެނީ، ތަފާތު ފިކުރުތަކުގެ ހިޔާލު އަޑުއެހުމުގެ ގާބިލްކަން އެމަނިކުފާނުގެ ކިބައިގައި ނެތްކަން ކަމަށް އިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރިޔާސަތަށް ކަމުދާ ބޭފުޅެއް ނޫންކަމަށް އިޔާޒް ވިދާޅުވިއެވެ.





ނަފްރަތުގެ ބިލާއި ދެކޮޅަށް ޑރ. އިޔާޒު އަޑުއުފުއްލަވަމުން ގެންދަވާއިރު، ރައީސް ނަޝީދު ގެންދަވަނީ އެބިލަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެބިލަށް ތާއީދު ނުކުރާނަމަ ސަރުކާރަށް ކުރާ ތާއީދުވެސް އަނބުރާ ގެންދަވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކޮށްފައިވަނީ، ނުވަތަ ހިޞާރުކޮށްފައިވަނީ އަދާލަތު ޕާޓީން ކަމަށްވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.



ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު ކޯލިޝަނުގެ ކުޑަ ބައިވެރިއެއް ކަމުގައިވާ އަދާލަތު ޕާޓީއަށް ރައީސް ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކުރުމުގެ ފުރުޞަތު ދެއްވުމުން، ކޯލިޝަނުގެ ތަބީއަތަކީ ދިވެހިރާއްޖޭގައި އޮތް ނިޔާބީ (ރެޕްރެޒެންޓޭޓިވް) ޑިމޮކްރަސީގެ ހުރިހާ އުސޫލުތަކާ ޚިލާފު ތަބީއަތެއްކަން ހާމަވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ބިރުބޮޑު

21-Jul-2021

ތިޔަވިދާޅުވީ ވަރަށްހައްގު ތެދެއް އަންނިއަކީ ޑިމޮކްރެސީގެ ކަންފުޅެއްނެތް މީހެއް އަންނިއަކީ މިރާއްޖޭގެއުތުރުކޮރެއާގެ ޚުދުމުޚުތާރު މީހާ ވަރަށް ވަރަށްސާފް


-2

ބކރު

21-Jul-2021

ތިޔަވދާޅުވީ ވަރަށްހައްގުތެދެއް އަންނިއަކީ ޑިމޮކްރެސީގެ ކަންފުޅެއްވެސްނެތް މީހެއް ޢަންނިއަކީ މިރާއްޖޭޑެ އުތުރުކޮރެއާގެ ޚުދުމުޚުތާރު މީހާ



ޓްރެންޑިން