ތިލަދުއްމައްޗާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީ ނުވަތަ ކޮޗިންފެރީގެ ސަބަބުން ލިބުނު ފައިދާއެއް ނެތްކަމަށާއި، އެކަމުގެ ސަބަބުން ލިބުނީ އަޅުވެތިކަމެއްކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި މިހާރު ހުންނެވި، އަދި 18 ވަނަ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލް ކުރެއްވި ޝުޖާއު ވިދާޅުވީ ‏ކޮޗިން ފެރީ ބޮޑުތިލަދުއްމައްޗަށް އިސްތިހާރު ކުރިއިރު ބުނީ މިފެރީއާއެކު ތަކެތީގެ އަގު ހެޔޮވެގެންދާނެކަމަށެވެ. އަދި ތިލަދުންމަތީ މީހުން ވަށާ ރޯނާއި، ހޮވާ ކާއްޓާއި، ވިޔާ ފަންގިކޮޅު ދެން "ރޫސް ލާފަ" ކޮޗިން ފެރީން އެކްސްޕޯޓް ކުރެވޭނޭކަމަށް އޭރު ބުނިކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އަދި ކޮޗިން ފެރީން ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ކޮންތާކު! އެއްކަމެއްވެސް ވީކީނޫން. ވީ އަޅުވެތި." ޝުޖާއު ވިދާޅުވިއެވެ.



އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ބާއްވާ ކާގޯ ފެރީގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ޚިދުމަތް ފެށުމާއެކު ރާއްޖެއާއި ކޮޗިންއާ ދެމެދު މަހަކު 2 ނުވަތަ 3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިނުން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށް ކަމަށް ވަނީ ހަމަޖައްސާފައެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މަގު ފަހިވާނޭކަމަށް ބުނި ނަމަވެސް، އޭގެ ނަތީޖާ މާރަނގަޅު ނޫން ކަމަށް ބައެއް މީހުން ބުނަމުންދާއިރު ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން