ވެރިކަމަށް ދަހިވެތިވުމަކީ ފަރުވާ ހޯދަންޖެހޭ ބައްޔެއްކަމަށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު އަމީތު ވަނީ ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި ވެރީން، ވެރިކަމަށް ދަހިވެތި ވުމަކީ ޕްރޮފެޝަން ކަމުގައި، ނުވަތަ އެއީ ކެރިއަރ އެއްގެ ގޮތުގައި ދެކެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ރައީސް މައުމޫން އަބުދުލްގައްޔޫމާއި ރައީސް މުހަންމަދު ނަޝީދާއި، ރައީސް ޑރ. މުހަންމަދު ވަހީދުގެ އިތުރުން ރައީސް ޔާމިން ވެސް، އުޅުއްވަނީ ސިޔާސީ މަސައްކަތްޕުޅު ގައެވެ. މީގެތެރެއިން އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން މިހާރު ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. އެހެން ނަަމަވެސް ޕީޕީއެމުން ބުނަމުންދަނީ 2023 ވަނަ އަހަރު އެޕާޓީގެ ޓިކެޓްގައި ރަައީސް ކަމަށް ވާދަކުރާނީ ރައީސް އަބުދުﷲ ޔާމިން ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފަނާ ދެކޮޅަށް މަޖިލީހުން ނުކުމެވަޑައިގެން އިދިކޮޅާއި ގުޅިވަޑައިގެންނެވުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަމިތު ވިދާޅުވީ ވެރިކަމަށް ދަހިވެތި ވުމަކީ ޕްރޮފެޝަނެއް ނުވަތަ ކެރިއަރެއްވެސް ނޫންކަމަށާއި، އެއީ ފަރުވާ ހޯދަންޖެހޭ ބަލިމަޑުކަމެއްކަމަށެވެ.



އަމީތު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ގުޅުން ކަނޑާލައި ރައީސް އަބުދު ﷲ ޔާމިނާއި އިދިކޮޅު ޕީޕިއެމާއެކު މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނިކޮށެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ އިދިކޮޅު ޕީޕިއެމްގެ އެހީތެރިކަމާއެކު ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު އެކަމަށް އެއްބަސްވެވަޑައިނުގަތުމުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ނިއްމަވައި އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް ވާދަކުރައްވާނެކަން އެމަނިކުފާނު ވަނީ އިއުލާން ކުރަައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން