މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް ނޯންނަކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެއްޖެއްގަައި ފުލުހުން ބުނީ އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަތައް ވެސް އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކާއި މެދުވެސް އޮންނަ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ވަކި މައްސަލައެއް ތަހުގީގުކުރުމަށް ނުވަތަ ވަކި މައްސަލައެއް ތަހުގީގު ނުކުރުމަށް ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެއްވެސް ނެތް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް ނޯންނަކަމަށް އެ މުއައްސަސާއިން ބުނިއިރު، ސިޔާސީ ގޮތުން ބާރުގަދަ މީހުންގެ މައްސަލަތަކާއި އާދައިގެ މީހުންގެ މައްސަލަތައް ތަހުގީގްކުރުުމުގައި ތަފާތުތަކެއް ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެކަން ބައެއް ފަހަރު މީޑިއާތަކަށް ވެސް ތިލަވެފައި ހުރިކަން ފާހަގަ ކުރެވެއެވެ. މީގެއިތުރުން ހަރުކަށި ވިސްނުމުގެ މީހުންގެ މައްސަލަތައް ބެލުމާއި ދިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވުމާއި ތަހުގީގުކުރުމުގައިވެސް ތަފާތު ފެންނަކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން