އައްޑޫ ސިޓީ ކައުންސިލަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 5 މިލިއަން ރުފިޔާކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިއަހަރު ކައުންސިލަށް އެކިއެކި އާމްދަނީގެ ގޮތުގައި 34 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައިވާކަމަށެވެ. ނަމަވެސް އަހަރުގެ މިހާހިސާބަށް އައިއިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 5 މިލިއަން ރުފިޔާކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެންކަމުން އައްޑޫ ސިޓީއަށް ލިބެންޖެހޭ އާމްދަނީގެ 75 އިންސައްތަ ނުލިބޭ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ އަހަރުގެ ބާކީ އޮތް 6 މަސް ދުވަހުގެ ތެރޭގައި، އާމްދަނީގެ ގޮތުގައި ނުލިބި ބާކީ ހުރި ފައިސާ ލިބޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތްކަމަށެވެ.
އައްޑޫސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އައްޑޫގެ ބިމު ކުލިންނެވެ. ނަމަވެސް ކައުންސިލުގެ ބައެއް ލިއެކިއުންތައް ނެތުމާއި އެއްބަސްވުންތައް ބެލެހެއްޓިފައި ނެތްކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ބިމު ކުލީގެ އެއްބަސްވުން ތަކުގެ ދަށުން 2000 އަކަފޫޓުގެ ބިންތައްވެސް 200 ނުވަތަ 300 ވަރަކަށް ރުފިޔާއަށް ދީފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ނަމަވެސް އެ ކަންކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
"އަޅުގަނޑުމެން މިހާރު ނިންމައިގެން މިތިބީ، ހިލޭ އައްޑޫގެ ބިން އެއްވެސް ބަޔަކަށް ދެވޭނެ ގޮތެއް ނެތް. އެކަން އެގޮތަކަށް ނުކުރެވޭނެ." ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ކުލީގެ އާމްދަނީ މަޖުބޫރު ކޮށްގެން ހޯދޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން އެކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނިޒާރު މިހެން ވިދާޅުވި ނަމަވެސް ބިމަކީ ދައުލަތުގެ ހަރު މުދަލަށްވާއިރު އެކި ބޭނުންތަކުގައި ދައުލަތުން ކުއްޔަށްދޭ ބިމަކަށް ކުލި ނުދައްކައިފި ނަމަ ހެދޭނެ ގޮތްތައް ގާނޫނުތަކާއި ގަވާޢިދުތަކުގައި ވަނީ ވަރަށް ސާފުކޮށް ކަނޑައަޅާފައެވެ. އަދި މިގޮތަށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުހޯދައި ހުންނަ މުއައްސަސާތަކުން އަމަލުކުރާނެ ގޮތާއި އުސޫލު އޮޑިޓް ރިޕޯޓްތަކުގައި ވެސް ބަޔާންކޮށްފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު