ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ހަނިމާދޫއަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އަދި ރައްޔިތުންނާއި ބައްދަލުކުރައްވާފަައެވެ.

މިބައްދަލުކުރެއްވުމުގައި ހަނިމާދޫގެ ތަރައްގީއާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ މަޝްވަރާތަކުގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކުރާނެ ގޮތްތަކާ މެދު އެއްބަސްވެވިފައިވާކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އެހެންކަމުން މިހާރު މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގު ސާފުވެފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ނެގުމާއި ގުޅިގެން އޮތީ މައްސަލަތަކެއްވެސް އުފެދިފައެވެ. ނަމަވެސް ކައުންސިލާއި މަޝްވަރާކުރުމަށް ފަހު ގެންނަން ޖެހޭ ބަދަލެއް ގެންނަން ތައްޔާރަށް އޮތްކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަން ބިން ކަނޑައެޅީ ކުރިއަށް އޮތްތަނުގައި ވެސް އެއާޕޯޓު ބޮޑުކުރަން ޖާގަ ހިމެނޭ ގޮތަށް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.



ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ، ރާއްޖެއާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން