ސަރުކާރު ހިންގާ މައިޕާޓީ, އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެެ.

އެމްޑީޕީ ދެބައިވެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ އާންމުކޮށް އިޢުލާން ކުރަށްވާފައެވެ. އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި އެޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑަައިގެންފައިވާ މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ހުންނެވީ ޕާޓީ ބައިބައިވިޔަ ނުދިނުމަށް

ކަމަށެވެ.

ރައީސް ޞާލިހާއެކު ސިޔާސީ ގުޅުން ބޭއްވެވެން މިހާރު ނެތް ކަމަށް ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިިވަނީ ރައީސް ސޯލިހާއި ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ޕާޓީ ބައިބަައިވިޔަ ނުދެއްވާނެ ކަމަށެވެ.





އަދި އެމްޑީޕީގެ މަދުބަޔަކު ރައީސް ސޯލިހާއި ރައީސް ނަޝީދު ދެބޭފުޅުން ޖައްސައި ޕާޓީ ރޫޅާލުމަށް އުޅޭކަން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުން ސާފުވާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

"ވީމާ މި ވާހަކަ ބުނަން މިޖެހުނީ، ގައުމީ މަޖިލީހުން އަވަހަށް ފިޔަވަޅު އެޅުން ވަރަށް މުހިންމު." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަންވެސް ކުރަށްވާފައިވާ ރީކޯ މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު އެންމެ އިސްކަމެއް ދެއްވައިގެން ކުރަށްވާން މަސައްކަތްޕުޅު ކުރަށްވާނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކަމަށްވާތީ 2023 ގައި ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަފުރަތު ބިލަށް ސަރުކާރުން ތާއިދުނުކުރާނަމަ މި ސަރުކާރަށް ތާއިދު ނުކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން ރައީސް ސޯލިހު މިހާތަނަށް ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން