މާލެ ސިޓީގެ 39 މިސްކިތެއްގައި މާދަމާ އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަމަކު، ކޮވިޑް-19 ގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް ނިއްމައިފައިވާ ކަމަށެވެ.



މާލެ ސަރަހައްދުގައި ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް އިތުރުވުމާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އެންގީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ މިނިސްޓްރީން ވަނީދީފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް އިލްތިމާސްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން