އުސޫލާ ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެެވެ.

އަޟްހާ އީދުގެ ބަންދާ ޗުއްޓީ އާއި ދިމާކޮށް ވަރަށް ގިނަ ބަޔަކު މާލެ އިން އަތޮޅުތަކުގެ ރަށްރަށައް އަންނަނީ ދަތުރުކުރަމުންނެވެ. އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު 14 ދުވަސް ވެފައިވާނަމަ 72 ގަޑިއިރު ނުވާ ނެހެޓިވް ސީޕީއާރް ނަތީޖާއާއެކު ކަރަންޓީނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދީފައެވެ.

އެހެން ނަމަވެސް އެ ހުއްދަ ރަށްރަށުގެ ކައުންސިލްތަކުން ދެމުން އަންނަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ސާދަ ދުވަސްވެފައިވާ ކާޑާއި ޕީސީއާރު ޓެސްޓްގެ ނެގެޓިވް ޓެސްޓް ފޮނުވުމުންނެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކޮށް ބައެއް ފަރާތްތަކުން ދަތުރުކުރާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ އުސޫލާއި ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާފައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ދަތުރު ކުރާ މީހުން ދަތުރު ކުރަނީ އުސޫލާއި އެއްގޮތައްތޯ ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓްގައި ހިމެނޭ ކަމެއްކަމަށް ފުލުހުން ބުނެ އެވެެ.



ފުލުހުން މިހެން ބުނެފައިވާއިރު އެޗްޕީއޭގެ އުުސޫލުތަކާއި ޚިލާފުވެގެން ގިނަ ބަޔަކަށް މީގެ ކުރިން ފުލުހުން ވަނީ ފިޔަވަޅު އަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.

އަޟްހާ އީދުގެ ބަންދު ދުވަސްތަކާއި މިނިވަން ދުވަހުގެ ޗުއްޓީއަށް ފަހު ސަރުކާރުގެ އޮފީސްތަށް ހުޅުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޅިޖި

21-Jul-2021

ބޯރީ



ޓްރެންޑިން