މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފިއެވެ.
ގެފުޅުގެ އުރަކޮޅު ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގެ ފަތިސް ނަމާދަށްފަހު ބަދަލުކުރެއެވެ.
މި މަސައްކަތުގައި އެކަމަށް ހާއްސަކުރެވިފައިވާ 150 އަށްވުރެ ގިނަމީހުން ބައިވެރިވާއިރު، 670 ކިލޯއަށްވުރެ ގިނަ ސިލްކާއި 120 ކިލޯއަށްވުރެ ގިނަ ރަން ރޮއްޖާއި 100 ކިލޯއަށްވުރެ ގިނަ ރިހި ރޮދި ބޭނުންކޮށްގެން ވިޔެފައިވާ ކިސްވާގެ މަސައްކަތް ނިންމާ ޙަރަމަށް ގެންނަނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ އުޅަނދެއްގައެވެ.
ގެފުޅުގެ އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށް ވެސް ބައެއް ހިމެނޭ ގޮތަށެވެ. ގެފުޅުގެ އުރަކޮޅުގެ އުސްމިނުގައި 14 މީޓަރު އަދި ވަށަ މިނުގައި 47 މީޓަރު ހުރެއެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ޚާއްސަ ފެކްޓްރީއެއް ސައުދީގައި ގާއިމްކޮށްފައި ހުންނައިރު ކިސްވާ ތައްޔާރުކުރުމަށް 5.8 މިލިއަން ޑޮލަރު ހޭދަކުރެެއެވެ.
ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްފަހު ބައު އުރަކޮޅު ސާފުކުރުމަށްފަހު އޭގެ ބައެއް ބައިތައް އެކި އާސާރުތަކަށް ސައުދީ ސަރުކާރުން އަންނަނީ ހަދިޔާކުރަމުންނެވެ.

PICTURES | Ka’bah draped in new Kiswah in the annual Ceremony held on Sunday night pic.twitter.com/7zqGVGUiVY
— Haramain Sharifain (@hsharifain) July 18, 2021
މި މަސައްކަތުގައި އެކަމަށް ހާއްސަކުރެވިފައިވާ 150 އަށްވުރެ ގިނަމީހުން ބައިވެރިވާއިރު، 670 ކިލޯއަށްވުރެ ގިނަ ސިލްކާއި 120 ކިލޯއަށްވުރެ ގިނަ ރަން ރޮއްޖާއި 100 ކިލޯއަށްވުރެ ގިނަ ރިހި ރޮދި ބޭނުންކޮށްގެން ވިޔެފައިވާ ކިސްވާގެ މަސައްކަތް ނިންމާ ޙަރަމަށް ގެންނަނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ އުޅަނދެއްގައެވެ.
Transferring the New Kiswah to Masjid Al Haram pic.twitter.com/B7OaF6uP5z
— Haramain Sharifain (@hsharifain) July 18, 2021
ގެފުޅުގެ އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށް ވެސް ބައެއް ހިމެނޭ ގޮތަށެވެ. ގެފުޅުގެ އުރަކޮޅުގެ އުސްމިނުގައި 14 މީޓަރު އަދި ވަށަ މިނުގައި 47 މީޓަރު ހުރެއެވެ.
— Haramain Sharifain (@hsharifain) July 18, 2021
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ޚާއްސަ ފެކްޓްރީއެއް ސައުދީގައި ގާއިމްކޮށްފައި ހުންނައިރު ކިސްވާ ތައްޔާރުކުރުމަށް 5.8 މިލިއަން ޑޮލަރު ހޭދަކުރެެއެވެ.
NOW | Unveiling the curtain of the door of the Ka'bah. pic.twitter.com/Ma328VMKmu
— Haramain Sharifain (@hsharifain) July 19, 2021
ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްފަހު ބައު އުރަކޮޅު ސާފުކުރުމަށްފަހު އޭގެ ބައެއް ބައިތައް އެކި އާސާރުތަކަށް ސައުދީ ސަރުކާރުން އަންނަނީ ހަދިޔާކުރަމުންނެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު