ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ މަދު ބަޔަކަށެވެ. އެގޮތުން މިިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު 10000 މީހުންނަށް ދީފައިވާއިރު މިއަހަރު އެހުއްދަ ދީފައިވަނީ 60000 މީހުންނަށެވެ.

ނަމަވެސް ބޭރު އެއްވެސް ޤައުމަކުން ހައްޖުވުމަށް މީހުން އައުމުގެ ހުއްދައެއް ނުދެއެވެ. ހުސްވި އަހަރާ މިއަހަރުވެސް ހުއްދަ ދިނީ ހަމައެކަނި ސައުދީގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށެވެ.

ސައުދީން ކަނޑައެޅި 60 ހާސް މީހުންގެ ތެރޭގައި 150 ޤައުމެއްގެ މީހުން ހިމެނޭއިރު، އޭގެތެރޭގައި ހިމެނުމުގެ ޝަރަފު ނޫނީ ނަސީބު ދިވެއްސަކަށް ވަނީ ލިބިފައެވެ. އެ ޝަރަދު ލިބިވަޑައިގަތީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަޙްމަދު ސަރީރަށެވެ.

ރާއްޖޭގެ ހާރިޖިއްޔާގައި ހިދުމަތްކުރައްވާތާ 32 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަޙްމަދު ސަރީރަކީ ރާއްޖެއިން އދ އަށް ކަނޑައެޅުއްވި ސަފީރުކަމާއި ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގައްޔާއި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވި ތަޖުރިބާކާރު ބޭފުޅެކެވެ.

ސަރީރު ވިދާޅުވީ މިދަތި އުނދަގޫ ވަގުތުގައިވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނީތީ މާތްﷲއަށް ހަމްދުކުރާކަމަށެވެ.



މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެއްސަކަށް ލިބިފައިވާއިރު، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުުމުގެ ފުރުޞަތު ސައުދީގައި އުޅޭ 5 ދިވެއްސަކަށް ވަނީ ދީފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު 60 ހާސް މީހުންނަށް ދީފައިވާއިރު، އޭގެތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 61 އަހަރާއި ދެމެދުގެ މީހުން އެކަންޏެވެ. އަދި އެ އެންމެންނަކީވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

މުހައްމަދު

21-Jul-2021

މިފަދަ ދޮގު ހަބަރު ނުފެތުރުމައް "'ރަސް އޮންލައިން'' އަށް ގޮވާލަން. މިފަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނު މަދު ދިވެހިންގެ ތެރޭގަ އަޅުގަނޑުގެ ކޮއްކޮވެސް ހިމެނޭ.



ޓްރެންޑިން